މިދިޔަ ބޮޑު އީދުގައި ރާއްޖޭގެ އެތައް ބައެއްގެ ސަމާލުކަން ލިބި، އަދި މަޤްބޫލުކަން ހޯދި ބ. ކަމަދޫ އާމިނަތު ޒާރާއާ ކައިވެނި ބައްލަވައިގަތުމަށް އެދިވަޑައިގެންނެވީ ކޮންމެވެސް ތަނަކުން ޒާރާއާ ދިމާވުމުން ޝައުޤުވެރިކަން އުފެދިގެން އަމިއްލައަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް ވިދާޅުވީ އެންމެ ފުރަތަމަ ޒާރާ ފެނިވަޑައިގަންނަވަނީ “ކޮންމެވެސް ތަނަކުން” ކަމަށެވެ. ނަމަވެސް އެއީ ކޮންތަނެއްކަން ހާމަނުކުރައްވައި ސިޔާމު ވިދާޅުވީ އެންމެ ފުރަތަމަ ވެސް ޒާރާ ފެނިވަޑައިގަތުމުން އޭނާއާ މެދު ވަރަށް ޝައުގުވެރިކަން އުފެދި ގަޔާވި ކަމަށެވެ.
“ޒާރާއާ އަޅުގަނޑު ދިމާވީ ‘ތަނަކުން’. ދިމާވެގެން އަޅުގަނޑު ހަމަ އިންޓަރެސްޓް އުފެދުނީ،” މިހެން ސުވާލު ކުރުމުން ލަދުވެތި ހިނިފުޅަކާއެކު ސިޔާމް ކުރު ޖަވާބެއް ދެއްވިއެވެ.
ކައިވެންޏަށް ހުށަހެޅީ ކާކުތޯ ސުވާލު ކުރުމުން ސިޔާމް ވިދާޅުވީ ކައިވެންޏަށް ހުށަހެޅީ ނުވަތަ ޕްރޮޕޯސްކުރެއްވީ އޭނާ ކަމަށެވެ.
ޒާރާއާއި ސިޔާމުގެ ކައިވެނީގެ ހަފުލާއާ ގުޅިގެން ސިޔާމު ވިދާޅުވީ އޭނާއަކީ ވަރަށް ފާޅުގައި ކަންތައްތައް ކުރައްވަން ބޭނުންވާ ބޭފުޅެއް ކަމަށާއި އެއްވެސް ކަމެއް ސިއްރިއްޔާތުގައި ކުރައްވަން ބޭނުން ނުވާ ކަމަށެވެ. ސިޔާމު ވިދާޅުވީ ދީނީ ގޮތުން ފޮރުވަން ޖެހޭ ކަމެއް ވެއްޖިއްޔާ ފޮރުވާނެ ކަމަށެވެ.
ދުނިޔޭގެ ދިރިއުޅުމަކީ ކޮންމެވެސް ދުވަހަކުން ނިމިގެންދާނެ ކަމެއް ކަމަށްވުމުން އަބަދުވެސް އިސްކަން ދެއްވަނީ ކުރައްވާ ކަންކަން އެންމެ ރަނގަޅަށް ކުރައްވަން ކަމަށާއި އެހެންނޫނީ އެކަމެއް ނުކުރައްވާނެ ކަމަށް ސިޔާމު ވިދާޅުވިއެވެ.
ރަންކިޔުމުގެ ހަފްލާގައިޒާރާ، ސިޔާމަށް ކިޔައިދިން “ދަތުރޭ ފަށާމީ މާ އަމާން” ލަވައިގެ ވީޑިއޯއިން، ޒާރާ އާއި ސިޔާމުގެ ކައިވެނީގެ ރަނާ ބެހޭ ގޮތުން ފެތުރުނު ވާހަކަތަކުގެ ހަގީގަތް ފެންނަން އެބަހުއްޓެވެ. އެ ވީޑިޔޯއިން ފެންނަ މަންޒަރުތަކުން، ޒާރާ ރަންކިޔާފައި ވަނީ ދެ ގެސްޓުހައުސްއަށޭ ބުނެ ފެތުރުނު ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަން ހާމަވެއެވެ. ރަނަށް ވާ ފައިސާ ރީތި މާބޮނޑިއެއްހެން ހަދިޔާއަކަށް ތައްޔާރުކޮށްފައިވާ ތަން ވެސް ލަވައިން ފެނިގެންދެއެވެ. އެ ލަވައަކީ އެ ކައިވެނީގެ ރަން ކިޔުމުގެ ހަފްލާއަށް ހާއްސަކޮށް ޒާރާގެ އަޑުން ކިޔައި، ތައްޔާރު ކުރި ލަވައެކެވެ.
އުމުރުން 35 އަހަރުގެ ތަފާތު ހުރި ނަމަވެސް މި ދެމަފިރިންގެ ހިނިތުންވުމުން އުމުރުގެ އެއްވެސް ތަފާތެއް ފެންނަހެނެއް ހީނުވެއެވެ.
ޒާރާ މަޝްހޫރުވެގެން ދިޔައީ މި އަހަރުގެ ބޮޑު އީދު ތެރޭގައި އޭނާގެ އުފަން ރަށުގައި ބޭއްވި އީދު ކުޅިވަރުތަކުގައި ހުށަހަޅާދީފައިވާ ނެށުމުގެ ހަރަކާތްތަކުންނެވެ. ގިނަ ބައެއްގެ ހިތުގެރުހުން ކަމުގައި ޒާރާ ވެގެން ދިޔަ މިންވަރު ސޯޝަލްމީޑިޔާއިން ފެނިގެންދިޔަ “ނުރުހުމާއި ހަސަދައިގެ” އެކިކަހަލަ ކަންކަމުން ހާމަވެގެންދެއެވެ. އެހެންނަމަވެސް ޒާރާގެ ފަރާތުން އެއްވެސް ކަހަލަ މުޖުތަމައާ ނުގުޅޭ ފަދަ ކަމެއް ނުފެނި، އިވިގެން ދިޔައީ ކައިވެނީގެ އަޑެވެ، ގިނަ މީހުންނަށް މިވާހަކަ “ގަބޫލު” ނުކުރެވުނު މިންވަރުވެސް މިދެންނެވި ސޯޝަލްމީޑިޔާގެ އެކިކަހަލަ މަންޒަރުތަކުން ސާފުކޮށް އެނގިގެންދެއެވެ.
ކޮންމެ ގޮތަކަށް ކޮންމެ ވާހަކަތަކެއް ފެތުރި ނަމަވެސް މިކައިވެނިވެސް މިވަނީ ލައުހުގައި ލިޔުއްވާފައިވީތީ، މިބިންމަތީގައި ހިނގާފައެވެ. ދިރިއުޅުމަކީ ޒާރާއާއި ސިޔާމުގެ ދިރިއުޅުމެވެ. އޭގައި ފެތުރޭ ވާހަކަތަކާއި އަރާ އަޑުތަކުގެ އެއްވެސް ދައުރެއް ނޯންނާނެތާއެވެ. ކާކުގެ ހިތުގެ ނިޔަތަކީ ކޮންގޮތަކަށް އޮތް ކޮން ކަމެއްކަން އެނގޭ ފަރާތަށް އެއްވެސް ހަގީގަތެއް ނުފޮރުވޭތާއެވެ. ނޭނގޭ ވާހަކަ ދެއްކުމުގެ އާދައިން ދުރުވުން ރައްކާތެރިވެގެންވެއެވެ. އެހެންނޫނަސް މިހާރުދެން އެވާހަކަވެސް އެއޮތީ ކައިވެނީގެ ވަރުގަދަ ގުޅުމުން ބަދެވި ނިމިފައެވެ.
ރިއުޅުމަކީ ޒާރާއާއި ސިޔާމުގެ ދިރިއުޅުމެވެ. އޭގައި ފެތުރޭ ވާހަކަތަކާއި އަރާ އަޑުތަކުގެ އެއްވެސް ދައުރެއް ނޯންނާނެއެވެ. ކާކުގެ ހިތުގެ ނިޔަތަކީ ކޮންގޮތަކަށް އޮތް ކޮން ކަމެއްކަން އެނގޭ ފަރާތަށް އެއްވެސް ހަގީގަތެއް ނުފޮރުވޭނެއެވެ. ނޭނގޭ ވާހަކަ ދެއްކުމުގެ އާދައިން ދުރުވުން ރައްކާތެރިވެގެންވެއެވެ.
ހުވަދޫމީޑިޔާއިން އެދެނީ ޒާރާއާއި ސިޔާމަށް ބާއްޖަވެރި އަދަށްވުރެ ފަހި މާދަމާއެއް ދެއްވައި އުފާވެރި ދިރިއުޅުމެއް ދެއްވުމެވެ.
ވަރަށް ފަހި