ޚަބަރު
ކެންސަރުގެ ފަރުވާއަށް އެއްވެސް އިރަކު 1000 ޑޮލަރު ދީފައިނުވާނެ: އެންސްޕާ

ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެއްވެސް އިރަކު އެންސްޕާއިން 1000 ޑޮލަރު ދީފައިނުވާނެ ކަމަށް އެ އޭޖެންސީން މިއަދު ބުނެފިއެވެ.

މި މައްސަލަ ޢާންމުވެގެން ދިޔައީ ކެންސަރުގެ ބަލި ޖެހިފައިވާ މީހަކު އިންޑިއާއަށް ފަރުވާއަށް ދިއުމަށް ކުރީގެ ސަރުކާރުގައި އެހީތެރިއާއަށް ޓިކެޓްގެ އިތުރުން އެހީގެ ގޮތުގައި 1000 ޑޮލަރު ދިން ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން އެ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހާގެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެންސްޕާއިން ހާމަކުރި ގޮތުގައި އެ މީހާއަށް 9 ފަހަރު އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އެހީތެރިޔާ އަމިއްލައަށް ނެގި ޓިކެޓަށްވާ ފައިސާގެ އިތުރުން ކޮންމެ ފަހަރަކު ވެސް އެހީގެ ގޮތުގައި ދީފައިވަނީ 200 ޑޮލަރާއި 250 ޑޮލަރު ދެމެދުގެ އަދަދެއް ކަމަށް އެންސްޕާގެ ލިޔެކިޔުންތަކާއި ސިސްޓަމުން ފެންނަން އޮތް ކަމަށް ބުނެފައިވެއެވެ.

އެންސްޕާއިން އިތުރަށް ހާމަކުރި ގޮތުގައި، އެ މީހާގެ ޝަކުވާތަކާ ގުޅިގެން އޭނާއާ ބައްދަލުކޮށް މައްސަލަ އޮޅުންފިލުވާފައިވެއެވެ. ބައްދަލުވުމުގައި އެ މީހާ ބުނެފައިވަނީ ކޭސް އަވަސްކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވުމުގައި ތިބި އިސް ބޭފުޅުންނަށް ގުޅާފައި ދެންނެވި ކަމަށާއި، އޭގެ ފަހުން ކުއްޖަކު ގުޅާފައި އަންނަން ބުނި ކަމަށާއި، ދިއުމުން އޭފޯ ސައިޒް ގަނޑެއްގައި 1000 ޑޮލަރު ހަވާލުކުރި ކަމަށެވެ.

ނަމަވެސް އެންސްޕާއިން ބުނެފައިވަނީ މި މުޢާމަލާތް ހިނގިކަމަށް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާނަމަ، އެއީ އުސޫލާ ޚިލާފަށް ހިނގާފައިވާ ކަމެއް ކަމަށްވެސް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!