ޚަބަރު
އިމާމުން ތާޒާކުރުމުގެ މަޝްރޫއު: މިހާތަނަށް 800 އަށްވުރެ ގިނަ އިމާމުން ތަމްރީންވެއްޖެ

އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން މިހާތަނަށް 804 އިމާމުން ވަނީ ތަމްރީންވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި ޕްރޮގުރާމުގެ ދަށުން މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު ޖުމްލަ 804 އިމާމުން ތަމްރީންވެފައިވާ ކަމަށެވެ.

މި ޕްރޮގްރާމް އެންމެ ފަހުން ކުރިއަށްގެންދިޔައީ އައްޑޫ ސިޓީގައެވެ. އެ ޕްރޮގުރާމުގައި 68 އިމާމުން ބައިވެރިވެފައިވެއެވެ.

އައްޑޫގައި ކުރިއަށްދާ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ބައިވެރިންނާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ރޭ ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ލަޠީފް ވިދާޅުވީ އިމާމުން ތަމްރީން ކުރުމާއި އިމާމުންނަށް އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިލައްވާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!