މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ރިސާރޗް އެސިސްޓަންޓްގެ މަޤާމަށް މީހަކު ހޯދަން ބޭނުންވެގެން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ބުނީ އެ މިނިސްޓްރިއާއި، ވޯލްޑް ބޭންކުގެ މާލީ އެހީގައި “މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް” ކުރިއަށް ގެންދަން ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން ފަށާފައިވާ އެ މަޝްރޫޢުގެ މަޤްޞަދަކީ ދެކުނު-ހުޅަނގު އިންޑިއާ ކަނޑު ސަރަޙައްދުގައި ހެކިތަކުގެ މައްޗަށް ބިނާކޮށް ސަރަޙައްދީ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ވާދަވެރިކަން އިތުރުކުރުން ކަމަށެވެ.