ޚަބަރު
މިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ޖަލުތަކުގައި ގައިދީން ތިބީ، އޯވަރ ކެޕޭސިޓީއެއްގައި: ޕްރިޒަންސް ކޮމިޝަނަރ ޒަރީރު

މިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ ޖަލުތަކުގައި ގައިދީން ތިބީ އޯވަރ ކެޕޭސިޓީއެއްގައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ ޒަރީރު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުން ދަރުމަވަންތަ ސްކޫލް އެޅުމަށް ނިންމެވީ 300 ގައިދީން ތިބި މާލޭ ޖަލާ އިންވެގެން އޮތް ބިމުގައެވެ. މިކަމާ ގުޅިގެން މާލޭ ޖަލު އަވަސް މުއްދަތެއްގައި ހުސްކުރަން ޖެހުނެވެ. އޭރު ނިންމާފައިވަނީ މާފުށީ ޖަލުގައި 100 މީހުންގެ ޖާގައިގެ ގޮޅިތަކެއް ހަދައި، މާލޭ ޖަލުގެ ޤައިދީން އެތަނަށް ބަދަލުކުރުމަށެވެ. ނަމަވެސް 2023 ވަނަ އަހަރު ދަރުމަވަންތަ ސްކޫލް ހުޅުވިއިރުވެސް، އެ ގޮޅިތަކުގެ މަސައްކަތް ނިމިފައިނުވާކަން ޒަރީރު ފާހަގަކުރެއްވިއެވެ.

“ސްކޫލަކާ އިންވެގެން ޖަލެއް ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންކަމުން މި ސަރުކާރު ވެރިކަމާ ހަވާލުވެ މާލޭ ޖަލު ބަންދުކުރީ. އޭގެ ސަބަބުން އެތަނުގައި ތިބި ގައިދީން އެކި ޖަލުތަކަށް ބަދަލުކުރަން ޖެހުނު،” ކޮމިޝަނަރ ޒަރީރު ވިދާޅުވިއެވެ.

މީގެއިތުރުން، މިދިޔަ ސަރުކާރުން ދޫނިދޫގައި ހުރި 150 މީހުންގެ ޖާގައިގެ ރިމާންޑު ޖަލެއްވެސް ތަޅާލާފައިވާކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މިހާރު ޖަލުތައް ހިންގަމުންދަނީ އޯވަރ ކެޕޭސިޓީއެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޝަނަރ ޒަރީރު އިތުރަށް ވިދާޅުވި ގޮތުގައި، ޖަލުތަކުގައި ތިބި ޤައިދީންނަށް އިޖްތިމާޢީ އެކި ޕްރޮގްރާމުތައް ހިންގަމުންދެއެވެ. އަދި ޕެރޯލަށް ޝަރުތު ފުރިހަމަވާ ފަރާތްތައް އަނބުރާ މުޖުތަމަޢުގެ ތެރެއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ޖަލުގައި ހިންގައިގެން ގިނަ އަދަދެއްގެ ފަރާތްތައް އަނބުރާ މުޖުތަމައަށް ނެރެވޭތޯ. ކައުންސެލިންގއާއި ދީނީ ނަސޭހަތްދިނުމާއަތްދިނުމާއި ފަންނުވެރިކަމުގެ ޕްރޮގްރާމްތައް އެބަ ހިންގަން،” ކޮމިޝަނަރ ޒަރީރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!