ޚަބަރު
މާމެންދޫ ރަށް ގިރުން ހައްލުނުވާތީ މިއަދުގެ ޖަލްސާ ގޮނޑުދޮށުގައި

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގައި ރަށް ގިރުމުގެ މައްސަލަ ހައްލުނުވާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި، އެ ރަށު ކައުންސިލުގެ މިއަދުގެ ޖަލްސާ ގޮނޑުދޮށުގައި ފަށައިފިއެވެ.

މި ޖަލްސާގެ އެޖެންޑާގައި ވަނީ ރަށްގިރުމުގެ ނުރައްކާ ބޮޑުވެ ރަށުގެ އުތުރުކޮޅުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ނެތިދިއުމުގެ ބިރު އޮތުމުން މިކަމާމެދު މަޝްވަރާކުރަން ހިމަނައިފައެވެ.

އެ ސަރަހައްދު ގިރުމުގެ މައްސަލަ ބޮޑުވެ 2018 ވަނަ އަހަރުން ފެށިގެން ކައުންސިލުން އައީ އެކި ގޮތްގޮތުން ސަރުކާރާ މަޝްވަރާ ކުރަމުންނެވެ.

ރަށް ގިރުމުގެ މައްސަލަ ހައްލުނުވާތީ އެ ރަށު ކައުންސިލުން 2022 ވަނަ އަހަރު ވެސް ވަނީ ގޮނޑުދޮށުގައި ޖަލްސާ ބާއްވައި އޭރުގެ ސަރުކާރުގެ ސަމާލުކަން ގެނެސްފައެވެ. ނަމަވެސް މިއަދާ ހިސާބަށް އައިއިރު ވެސް އެކަމަށް ހައްލެއް ލިބިފައިނުވެއެވެ.

ރަށްގިރުމުގެ މައްސަލަ ހައްލުނުވާތީ މާމެންދޫ ކައުންސިލުން 2022 ވަނަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: މާމެންދޫ ކައުންސިލް

ކައުންސިލުން ކުރިން ބުނެފައިވާ ގޮތުން، ރަށުގެ އުތުރުކޮޅުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ނެތިދިއުމުގެ ބިރު އޮތްއިރު، އެ ސަރަހައްދުގެ ގެތަކުގެ ވަޅުފެން ވަނީ ލޮނުވެފައެވެ. އަދި ބައެއް ފަރާތްތަކަށް ސިއްހީ މައްސަލަތައް ދިމާވެ، ގޯތިތަކުގައި ހައްދާފައިހުރި މޭވާ ގަސްތަކާއި، އެހެނިހެން ގަސްގަހާގެހި މަރުވެފައި ވެސް އެބަހުރިއެވެ.

މީގެއިތުރުން އެ ސަރަހައްދު ގިރައިގެން ގޮސް ގިނަ އަދަދެއްގެ ރުށް ވެސް ވަނީ ނެތިގެން ގޮސްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޢަބްދުﷲމުޢާޒު

    ކައުންސިލްގެ ޒިންމާ ރަގަޅަށް އަދާނުވުމުން ރަށަށް މިކަހަލަ ކިތަންމެ ކަމެއް ކުރިމަތިވާނެއެވެ. ރަށް ގިރަނީ ރަށުގެ ގޮޑުދޮށުން ދޮންވެލި ނަގާތީއެވެ. ޔަގީނުންވެސް މިއަހަރު އެކަނިވެސް އެތައް ހާސް ބަސްތާގެ ދޮންވެލި ރަށުގެ އެކިއެކި ފަރާތްތަކުން އަމިއްލަ ބޭނުންތަކަށް ތިގޮޑުދޮށުން ނަގާފައި ވެއެވެ. ނާޒުކު ތިމާވެއްޓެއް އޮންނަ ސަރަހައްދަކުން ވެލިނެގުމުން އިތުރަށް ވާނީ ގޯހެވެ. ކައުންސިލުން ރަށުގައި ހިންގާ ޕްރޮޖެކްޓް ތަކަށާ އެކިއެކި ކަންކަމަށްވެސް ބޭނުންކުރަނީ ހަމަ ތިގޮޑުދޮށުން ނަގާ ވެއްޔެވެ. ކައުންސުލުން ތިކުރަނީ ރައްޔިތުންންށް މަލާމާތެވެ.