ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެކު މަސައްކަތްކުރާއިރު ތަކުރާރުކޮށް ފާހަގަ ވެގެންދާ ކަމަކީ އެބޭފުޅުންގެ ހިތްވަރާއި، ހުނަރާއި، މަސައްކަތްތަކަށް ކުރިމަތިލެއްވުމަށް އެ ގެންގުޅުއްވާ ހިތްވަރު ކަމަށް މިނިސްޓަރު އައިޝަތު ޝިހާމް ވިދާލުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައެވެ.
ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެކު މަސައްކަތްކުރާއިރު ތަކުރާރުކޮށް ފާހަގަ ވެގެންދާ ކަމަކީ އެބޭފުޅުންގެ ހިތްވަރާއި، ހުނަރާއި، މަސައްކަތްތަކަށް ކުރިމަތިލެއްވުމަށް އެ ގެންގުޅުއްވާ ހިތްވަރުކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ އެއް އަސާސް ކަމަށާއި، އަދި އެފަރާތްތައް ތަހައްމަލު ކުރައްވަމުންދާ ހުރިހާ ދަތިތަކާއި، އެފަރާތްތަކަށް ލިބޭ ކޮންމެ އުފަލަކީވެސް އެއީ ބައިވެރިވެ، ހިއްސާކުރާ ކަންތައް ކަމަށެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

