މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ފުރަތަމަ ޖެހި 7 ދުވަސް އިއްޔެއަށް ވަނީ ހަމަވެފައެވެ.
ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 8 ދުވަސް އިތުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުން އޭނާ ވަނީ ފެމިލީ ކޯޓުން ނެރެފައިވާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފަށް އޭނާގެ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރު ދައްކައި، ޖަހައި މާރާމާރީ ހިންގާފައެވެ.