ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ މުސްލިމް ޢަބްދުﷲ، ދަފްތަރު ނަންބަރު ދރ 2840 / މާލެ (25އ) އެވެ.
ފުލުހުން ބުނީ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، މި މަހުގެ 12 ވަނަ ދުވަހުގެ 14:00 އަށެވެ.
Muslimakas