ޚަބަރު
ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް، ރީފޯމް މަސައްކަތަށް ހާއްސަ އޮފީހެއް ގާއިމުކުރަނީ

ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ ރީފޯމް މަސައްކަތަށް ހާއްސަ އޮފީހެއް ގާއިމު ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައިފިއެވެ.

ދައުލަތު މާލީކަންކަން ހަރުދަނާ ކުރުމަށާއި ހަރަދުކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ހާއްސަ އޮފީހެއް ގާއިމު ކުރުން މުހިންމެވެ. މިދެންނެވި ކަންތައްތައް ކުރުމަށް ހާއްސަ ތަނެއް ހުރުމުގެ މަގުސަދުގައި ރީފޯމް އޮފީހެއް ގާއިމު ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން މިވަނީ ފަށާފައެވެ.

މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް ރީފޯމް މަސައްކަތް ވަނީ ފަށާފައެވެ. އަދި ރީފޯމް އޮފީހާއެކު ރިފޯމް ހުރިހާ މަސައްކަތެއް އެއް ހަމައެއްގައި ކުރިއަށް ގެންގޮސް އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ. ހަމަމިއާއެކު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލްކުރުމަށް ފަސޭހަވާނެ ކަމަށްވެސް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ރީފޯމް އޮފީސް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، އެ އޮފީހުގެ މަސައްކަތް ހިންގުމަށް ކޮމިޝަނަރެއް ހޯދުމަށް މާލީ ވުޒާރާއިން ވަނީ އިއުލާން ކޮށްފައެވެ. ހަމައެހެންމެ، މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރީފޯމް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި

  • އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާސް ހާސިލް ކޮށްފައިވުމާއި،
  • މިދާއިރާގައި 10 އަހަރުގެ ތަޖުރިބާ ހުރުން .

ރީފޯމް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި

  • އިސްލާހީ ބަދަލުތަކުގެ އިސްތިރާޖުތައް އެކުލަވާލުމާއި،
  • ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ފިސްކަލް ރިފޯމުތައް ކުރިއަށްދާ ގޮތުގެ ރިޕޯޓުތައް އެކުލަވާލައި
  • އެ ރިޕޯޓުތަކާ ގުޅޭ ފްރޭމްވޯކްތައް އެކުލަވާ ރޭވުމުގެ މަސައްކަތް ހިމެނެއެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. Abdhull Hannaan Abbaas

    Anehkaa vazeefa thakeh bahan kuraa kameh thee