އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ އެގައުމުގެ ރައްޔިތުންނަށް ކޮންމެހެން ދާންޖެހިގެން ނޫނީ ދިވެހިރާއްޖެއަށް ދަތުރުނުކުރުމަށް އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ ރާއްޖެއަށް ދަތުރުކުރުމުގެ ރިސްކު ދޭކުން ތިނަކަށް މަތިކުރުމާ ގުޅިގެންނެވެ.
އިޒްރޭލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖޭގައި ޓެރަރިޒަމަށް ސަޕޯޓުކުރާ މީހުން ގިނަވުމާއި، ޔަހޫދީންނާ ދެކޮޅުވުން އިންތިހާއަށް އިތުރުވެފައިވާތީއެވެ.
ދިވެހިރާއްޖޭގެ އިތުރުން، އިޒްރޭލުން ވަނީ އަރުމީނިއާއަށް ދަތުރުކުރުމާ ގުޅޭގޮތުންވެސް އެލާޓެއް ނެރެފައެވެ. އަރުމީނިއާގައި އިޒްރޭލުގެ ރައްޔިތުންނަށް ނުރައްކާ އޮތް ލެވެލް އެކަކުން ދޭކަށް މަތިކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަރުމީނިއާއަކީވެސް ރާއްޖެ ފަދައިން އިޒްރޭލާ ދެކޮޅު ގިނަ ބަޔަކު ދިރިއުޅޭ ޤައުމެކެވެ.
މި ހާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މި ބިލުގެ މަސައްކަތް މިހާރު ދަނީ މަޖިލީހުގެ 241 ކޮމިޓީގައި ކުރިއަށެވެ.
ނަމަވެސް، ބައެއް މަޖިލިސް މެންބަރުންނާއި ކަމާބެހޭ އިދާރާތަކުން ދެކޭގޮތުގައި އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އައުން މަނާކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޤައުމުގެ އިސް ބޭފުޅުން މަނާކުރުން މާ މުހިންމު ކަމަށް އެފަރާތްތަކުން ދެކެއެވެ.


Thiothee varah dheragothe vefa emeehun aunhutuvan ulheythee dahkaaligothe thee