ޚަބަރު
ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ހާސްކަމެއްނެތި ހޯނޑެއްދޫ މައްޗަށް ކުރި ހޯދައި ފިޔޯރީން މުބާރާތް ފެށީ ގަދަކޮށް!

ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ގެ 4 ވަނަ މެޗުގައި އަންހެން ޑިވިޝަން އެންމެ ފަހުގެ ޗެމްޕިއަން ފިޔޯރީ އަދި ހޯނޑެއްދޫ ވާދަކުރި މެޗު ފަސޭހަ ކަމާއިއެކު ފިޔޯރީން ކާމިޔާބު ކޮށްފިއެވެ.

ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށް ދިޔަ މި މެޗު ފިޔޯރީން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން ފެށިގެން ފިޔޯރީ ޓީމްގެ ތަފާތު ފެނިގެން ދިޔައެވެ. އަދި އެޓީމްގެ ޖާޒީ ނަންބަރު 6 ހައްވަ އަދި ޖާޒީ ނަންބަރު 19 މާޔާގެ ތަފާތު މޮޅު ކުޅުން މި މެޗުގައި ފެނިގެން ދިޔައެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ރާއްޖޭގެ ގައުމީ ޓީމް ތަމްސީލް ކުރަމުންދާ މި ވަގުތު ރާއްޖޭގެ ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނެވެ.

މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 25/11، 25/07 އަދި ތިން ވަނަ ސެޓު 25/14 އިން ކާމިޔާބުކޮށް މެޗް ކާމިޔާބު ކުރީ ފިޔޯރީ އިންނެވެ.

މި މުބާރާތުގައި މާދަމާ ވެސް 2 ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ. އަންހެން ޑިވިޝަންގައި ނަޑެއްލާ އަދި ފިޔޯރީ ވާދަކުރާނެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ. އަދި ފިރިހެން ޑިވިޝަންގައި ރަތަފަންދޫ އަދި ފިޔޯރީ ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައެވެ.

މިއީ އަތޮޅު ކައުންސިލުން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލުމުން، ކާމިޔާބު ކުރެއްވީ ފިޔޯރީ ފޭސް ޖަމިއްޔާއިންނެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.

2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް ( ލޯންގޭ ) އަދި އަލީ ހުޒާމް ، ނިލާމް، ޝާޑް،  ރައްޒާން، އާދަމް ނަސީމް، އަބްލޯ، ފައިރޫޒް، ފަދަ މޮޅެތި ކުޅުންތެރިން އެކިއެކި ޓީމްތަކުން މި މުބާރާތުގައި ފެނިގެން ދާނެއެވެ.

މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. Ahmed Nisham

    Maaya Hucen 💯

  2. Mary Inasha

    Maaya Hucen inzaareh tha thi dheny 😂😂😂

  3. Amil Amee

    Maaya Hucen thafaathu vaaney abadhuves