ކ.އަތޮޅާއި، އއ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މިއަދު ވަޑައިގަންނަވާނީ އއ.ތޮއްޑުއަށާއި، ރަސްދުއަށާއި، މަތިވެރިއަށެވެ.
މީގެއިތުުރުން މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކ.ގާފަރާއި، ހުރާއާއި، ހިންމަފުށްޓަށެވެ.
މި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރަށު ކައުންސިލުތަކާއި، އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލުތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.