ޚަބަރު
ވަޒީރު އާދަމް ޝަރީފް، މާފަންނު މަދަރުސާއަށް ކޮށްދެއްވި ޚިދުމަތް ފާހަގަކޮށްފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މާފަންނު މަދަރުސާއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި، އެ މަދަރުސާއިން އެމަނިކުފާނަށް ހަނދާނީ ފިލައެއް ދެއްވައިފިއެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ފިލާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ވަޒީރު އާދަމް ޝަރީފަށް މި ފިލާ ދެއްވީ މާފަންނު މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލްކަން 5 އަހަރު ކުރައްވާފައިވާތީ، އެ ކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވަނީ، އެކި މަގާމުތަކުގައި އެ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އެހެން ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ދެއްވާފައެވެ.

އިނގިރޭސިވިލާތުގައި ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ވަޒީރު އާދަމް ޝަރީފް، 1981 ވަނަ އަހަރު ގައުމަށް ޚިދުމަތްކުރައްވަން ފެށްޓެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ ޓީޗަރުން ތަމްރީންކުރުމުގެ ދާއިރާގައި ދިގު މުއްދަތަކު ޚިދުމަތްކުރައްވައިފައެވެ. އެމަނިކުފާނު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!