ކުޅިވަރު
މިއީ އަތޮޅު ތެރޭގައި ކުޅޭ އެންމެ ފެންވަރު ރަނގަޅު ވޮލީކޯޓު، އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ: ހުޒާންޓޭ

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހުރިހާ ރަށްތަކަށް އަމާޒުކޮށް ކުޅިވަރު ދިރުވައި އާލާކޮށް، ކުޅިވަރު ކުރިއެރުވުމަށް ސިލްސިލާކޮށް ބާއްވަމުން ގެންދާ މުބާރާތްތަކުގެ ތެރެއިން “ގދ. އަތޮޅު ކައުންސިލް ވޮލީބޯލް ޓޯނަމެންޓް ފޭސް ފިޔޯރީ 2024” އަކީ އެންމެ ފެންވަރު ރަނގަޅު ކޯޓުގައި ބޭއްވޭ، އަދި އަތޮޅުތެރޭގައި ބޭއްވޭ އެންމެ އިންތިޒާމުތައް ރަނގަޅު މުބާރާތް ކަމުގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަލީ ހުޒާމް (ހުޒަންޓޭ) ބުނެފިއެވެ.

ގދ. ފިޔޯރީގައި މިހާރު ފޯރިއާއެކު ކުރިއަށްދާ އެ މުބާރާތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހުޒާންޓޭ ބުނީ މުބާރާތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މުޅި ސަރަހައްދު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައި ކަމަށެވެ.

ފިޔޯރީ ފޭސް ޖަމްޢިއްޔާއިން އިންތިޒާމްކޮށް ފިޔޯރީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްދާ އެ މުބާރާތް ހިންގަމުންދާ ވޮލީ ކޯޓަކީ 2020/2021 ގައި ފިޔޯރީގައި ހިންގި ގދ. އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދިނުމަށް އޭރުގެ ޔޫތު މިނިސްޓަރ މަޙްލޫފް، އޭރުގެ އެސްޓީއޯ އެމްޑީ ހުސެއިން އަމްރު އަދި ވޮލީބޯލް އެސޯސިއޭޝަންގެ އޭރުގެ ރައީސް ރަނޭ ފިޔޯރީއަށް ކުރި ދަތުރުގައި ފިޔޯރީގެ ޒުވާނުންނާއި ރައްޔިތުން މެދުގައި ވޮލީބޯލްއަށް އޮތް ލޯބި ފެނި، އެ ތިން ބޭފުޅުން އެރޭ އިޢުލާން ކުރެއްވި ކުރެއްވުމާއެކު ފެށިގެން ދިޔަ މަސައްކަތުގެ ނަތީޖާއެކެވެ. އޭރުގެ ޔޫތު މިނިސްޓްރީއިން ދެއްވި 8 ލައްކަ ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން ފިޔޯރީގެ ކައުންސިލާއި ޒުވާނުން ބޭނުންވާ ފެންވަރަށް މަސައްކަތް ނުނިމި ލަސްތަކެއް ވެގެންދިޔަކަން ފާހަގަކޮށްލެވުނު ނަމަވެސް މި ސަރުކާރުން ދެއްވި އެހީތެރިކަމާއެކު މުޅި ވޮލީ ކޯޓު ވަނީ ވަރަށް ފުރިހަމައަށް ނިމިފައިކަން ފާހަގަ ކުރެވެއެވެ.

ވޮލީ ކޯޓުގެ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި މިހާރުގެ ސްޕޯޓްސް މިނިސްޓަރާއެކު ކައުންސިލް މެންބަރުންނާއެކު ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ކާމިޔާބު ބައްދަލުވުންތަކެއް ބާއްވަވާ، މިނިސްޓްރީން ވަނީ ކާޕެޓް އެޅުމަށް 5 ލައްކަ ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވައި ދެއްވާފައެވެ. އޭގެ އިތުރަށް ސިޑިބަރީގައި ޖެހުމަށް 324 ގޮނޑި ސްޕޯޓްސް މިނިސްޓްރީން ހަދިޔާ ކުރެއްވިއެވެ.

ފިޔޯރީގައި މިހާރު ކުރިޔަށްދާ ގައުމީ ގދ. އަތޮޅު ކައުންސިލް ވޮލީބޯލް ޓޯނަމެންޓް ފޭސް ފިޔޯރީ 2024 އާއި އެ ރަށުގައި ހަދާފައިވާ ވޮލީ ކޯޓާ ބެހޭގޮތުން މަޢުލޫމާތު ހުވަދޫ މީޑިއާއަށް ދެއްވަމުން ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވަނީ މިނިސްޓަރުގެ އެއްބާރުލެއްވުން އުފަލާއެކު ފާހަގަކޮށް މިހާރުގެ ޔޫތު މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމަ އެއާއެކު ކޯޓު ސިޑިބަރީގައި ލުމަށް ފްލޯ ޕެއިންޓް އެސްޓީއޯ ސީއެސްއާރުއިން ހަމަޖެއްސުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އަޝްރަފް ރަޝީދުއާއި އެސްޓީއޯ އެމްޑީ ސިމާދުއަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ކުރީގެ ޔޫތު މިނިސްޓަރ މަޙްލޫފްއާއި އެސްޓީއޯ އެމްޑީ އަމްރު އަދި ކުރީގެ ވޮލީ އެސޯސިއޭޝަން ރައީސް ރަނޭގެ ނަންވެސް ފައިޒަރުގެ ޝުކުރު ލިސްޓަށް އިތުރު ކުރެއްވިއެވެ.

ހަމަ އެއާއިއެކު ވޮލީ ކޯޓުގެ މަސައްކަތް ކުރަމުންދިޔައިރު ރަށުގެ ކުޅިވަރަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކޮށް ޖުމްލަކޮށް ރަށުގެ ހުރިހާ ފަރާތްތަކަށް، ކުޅިވަރާއި ރަށުގެ އެހެނިހެން ތަރައްޤީއަށާއި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވުމުގައި ފިޔޯރީ ރައްޔިތުން ނަމޫނާއަކަށް ޤަބޫލުކުރާ ރައީސް ފައިޒަރު ރަޝީދު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ފިޔޯރީ ވޮލީ ކޯޓު މުބާރާތަށް ނިންމުމުގައި އެމްޑަބްލިއުއެސްސީގެ ވެދިން އެހީތެރިކަންވެސް ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރައްވާފައެވެ.

ޔޫތު މިނިސްޓްރީން 8 ލައްކަ، މިހާރުގެ ސްޕޯޓްސް މިނިސްޓްރީއިން 498,960 ރުފިޔާ، ފިޔޯރީ ކައުންސިލްގެ އާމްދަނީން 406,165.32 ރުފިޔާއާއެކު ޖުމްލަ މިހާރު ވަނީ 1,705,125.32 ރުފިޔާ ފިޔޯރީގައި މުޅިން އަލަށް ޤާއިމުކުރެވުނު ވޮލީ ކޯޓަށް ޚަރަދު ކުރެވިފައެވެ.

ވޮލީއަކީ ފިޔޯރީ ރައްޔިތުން ވަރަށް ބޮޑަށް ޝައުޤުވެރިކަން ދޭ ކުޅިވަރެކެވެ. ރަށުގެ އިޖްތިމާޢީ ދިރުން ގުޅިފައިވަނީ ވޮލީއާއެވެ. އޭގެ ނަތީޖާ މިހާ ފުރިހަމަކޮށް ފެންނަނީ ފިޔޯރީ ރައީސް ފައިޒަރު ރަޝީދުއާއި ޒުވާނުން އަދި މުޅި ކައުންސިލާއި ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ގުޅުން ކަމަށް ގދ. އަތޮޅު ކައުންސިލް ވޮލީބޯލް ޓޯނަމެންޓް ފޭސް ފިޔޯރީ 2024 އަށް އެ ރަށަށް ގޮސް ތިބި އެންމެންވެސް ސިފަކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. Ahmed Mahloof

    Good job Faixar Rasheed 🙏🏽

  2. Sanko Shameen Mohamed

    Thank you kuree sarukaaru