ޚަބަރު
ސާކްގެ ޗާޓަރ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ 40 ވަނަ ޗާޓަރ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި ވަނީ، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި، ސާކާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ.

މީގެއިތުރުން ރައީސްގެ މެސެޖުގައިވަނީ ސަރަހައްދީ ސުލްހަމަސަލަސްކަމާއި ތަމައްދުން ހާސިލުކުރުމަށްޓަކައި ސާކް ޗާޓަރުގައި އެކަށައަޅާ ބަޔާންކޮށްފައިވާ އުސޫލުތަކާއި އަސާސްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، އާންމު ސިއްހަތާއި، އިގުތިސާދީ ހަމަހަމަކަން ފަދަ، ނާޒުކު މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް އާ ބާރެއްލައިގެން ކުރެއްވުމަށް އެދިވަޑައިގެންފަައިވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއާއި އުފެއްދުންތެރިކަމާއި ވިލުންތެރި ބިނާރުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ސާކްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

“ސާކް ޗާޓަރ ޑޭ”ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!