ޚަބަރު
ރައީސް ޑރ. މުޢިއްޒު، ހިމަންދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އއ.ހިމަންދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އއ.މަތިވެރި ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ނެރުގެ މައްސަލަ ހުރިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސާ ހިއްސާ ކުރެއްވިއެވެ. އަދި އެ ރަށުގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމާއި، ބިމުގެ ދަތިކަމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ުހުރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށް ގިރުމުގެ މައްސަލައަށާއި، ސުކޫލުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.

މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހިމަންދޫގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އާމްދަނީ ހޯދުމަށް އެބޭފުޅުން ކުރައްވަންބޭނުންފުޅުވާކަންކަން ހިއްސާ ކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީންއިން ވަނީ އެކި ކަންކަމުގައި ސްޓެލްކޯއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!