ޚަބަރު
ހުރާގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން އެދޭގޮތަށް: ރައީސް

ކ. ހުރާގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލެ އަތޮޅު ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކ. ހުރާ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ

ރައީސް ވިދާޅުވީ، “އަޅުގަނޑު އިސްކަން ދޭނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން އެދޭކަންކަން ކޮށްދެވޭތޯ ބެލުމަށް. މިރަށުގެ ބަނދަރުގެ މަސައްކަތް އިރާދަކުރެއްވީތީ ކުރިއަށްދާނީ ރައްޔިތުން އެދިވަޑައިގެންނަވާ ގޮތަށް. އެގޮތަށް ނިންމަ ދޭނަން” ކަމަށެވެ.

މީގެ އިތުރުން، ރައީސް ވަނީ ރަށުގެ ތަރައްޤީއާ ގުޅޭ އެހެނިހެން މުހިންމު ކަންކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އަންނަ އަހަރު އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަމަށް ކަމަށާއި، ދެވަނައަށް އިސްކަމެއް ދެނީ ތައުލީމީ ދާއިރާއަށް ކަމަށް ވިދާޅުވިއެވެ. މިގޮތުން، ހުރާ ސްކޫލްގެ މަލްޓިޕާޕޯސް ހޯލް އަންނަ އަހަރު އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ސިއްޙީ ދާއިރާއަށްވެސް އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ހެލްތް ސެންޓަރު ތަރައްޤީ ކުރުމާއި، ސްކޭން ކުރެވޭ ޚިދުމަތް ޤާއިމު ކުރުމާއި، އިތުރު ވަސީލަތްތައް ޤާއިމުކޮށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ދާނީ ވެސް ހުރާ ހިމެނޭހެން މުޅި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި 2025 އާއި 2026 ވެގެން ދާނީ އެމަނިކުފާނު އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތައް ޢަމަލީ ގޮތުން ފުދިގެން ދާނެ ދެއަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!