ޚަބަރު
ސިއްހީ މަރުކަޒުން ސްކޭންގެ ހިދުމަތް ލިބުމަށް ރައްޔިތުން އެދޭކަމަށް ހުރާ ކައުންސިލުން ފާހަގަކޮށްފި

ސިއްހީ މަރުކަޒުން ސްކޭންގެ ހިދުމަތް ލިބުމަށް ރައްޔިތުން އެދޭކަމަށާއި އަދި އަތޮޅުތަކުގެ ރަށްތަކަށް ގޯލްޑް ކަޕް މުބާރާތް ކުޅެވޭނެގޮތް ހައްދަވައިދެއްވުމަށްވެސް ހުރާ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުގައި ދަންނަވައިފިއެވެ.

ހުރާ ކައުންސިލުން މިވާހަކަ ރައީސަށް ދެންނެވީ، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މާލެއަތޮޅު ހުރާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ހުރާ ކައުންސިލް އިދާރާގައެވެ.

މިއަދު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވައި، އެފަދަ ކަންކަމަކީ ” ކޮންމެ ކޮންމެ ފަރާތަކަށް ކުރަން ކެރޭނެކަމެއް ނޫން” ކަން ފާހަގަކުރައްވާފައެވެ. އަދި ހުރާގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އޭ.ޓީ.އެމްގެ މައްސަލައަށް ސަރުކާރުން ހައްލު ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. ހަމައެއާއެކު ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާތީވެސް ކައުންސިލުން ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުންވެސް ހުރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވީތީވެސް ހުރާ ކައުންސިލުން ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުން ސްކޭންގެ ޚިދުމަތް ލިބުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކަށް ގޯލްޑް ކަޕް މުބާރާތް ކުޅެވޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ސުކޫލު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި އެކި ރަށްރަށުގެ އ.ތ.މ ކޮމިޓީތައް ބައްދަލުވެލައި، އެއްބަޔަކު އަނެއް ބަޔެއްގެ މަސައްކަތްތައް ޙިއްޞާކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ވިދާޅުވި ކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!