ޚަބަރު
ހިތަދޫ ފުއްޓަރު ފަރާތަށް ކްލޮރިން އަޅާފައި؛ މަހާއިބޯވަފަދަ ކަނޑުގެ ދިރުންތަކެއް މަރުވެގެން ލައްގަނީ

އައްޑޫސިޓީ ހިތަދޫ ކިނބިވައު ސަރަހައްދުން ފުއްޓަރު ފަރާތަށް ގިނަ އަދަދަކަށް ކްލޮރިން އެޅުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ މަސްތަކާއި އެހެނިހެން ދިރޭތަކެތި މަރުވެއްޖެއެވެ.

މިއަދު ހެނދުނު ކިނބިވައު ސަރަހައްދުން ބްލީޗު ފަދަ ވަހެއް ދުވާކަމުގެ ރިޕޯޓުތަކެއް ލިބުމާ ގުޅިގެން، އައްޑޫ ސިޓީ ކައުންސިލްގެ ރޭންޖަރުން ވަގުތުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ތަނުގެ ހާލަތު ވަނީ ބަލައި ޗެކްކޮށްފައެވެ. އެ ސަރަހައްދު ބެލިބެލުމުން ފެނުނީ ފެންގަނޑުތައް ސާފުކުރުމަށާއި، ފަތާ ފެންގަނޑުތަކަށް އަދި އިންޑަސްޓްރިއަލް ސްޓެރިލައިޒޭޝަނަށް ބޭނުންކުރާ ޖާލް އަކުއާ ބްރޭންޑްގެ 25 ކިލޯގެ 15 ކްލޮރިން ފާޓާއެވެ.

މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އެ ސަރަހައްދަށް ޒިޔާރަތްކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކްލޮރިން ފާޓާތަކެއް މޫދަށް ހުސްކޮށްލުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ ދިރުންތަކެއް މަރުވެ، އެއްގަމަށް ލައްގާފައި ހުއްޓެވެ.

“އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މަހާއި ބޯވަ ފަދަ ތަކެތިވެސް މިތަނަށް އެއްގަމަށް ލައްގާފައި ހުރިކަން، ފަރުންވެސް އެބަ ފެނޭ އޭގެ އަސަރު، ފަރު ހުދުވެ، ވަރަށް ބޮޑަށް މި ސަރަހައްދުގެ ވެއްޓަށް އަނިޔާވެފައި ހުރި ކަމަށް، ވަރަށް ދެރަކޮށް ހިނގާފައި ހުރި ކަމެއް ކޮންމެ ބަޔަކު ކުރި ކަމަށް ވިޔަސް،” މޭޔަރު ނިޒާރު

ކްލޮރިންގެ ސަބަބުން މަސްތަކާއި، ފަރުތަކާއި އަދި ކަނޑުގެ ގަސްގަހާގެއްސަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކްލޮރިންގެ ސަބަބުން މި ދިރުންތަކުގެ ޕްރޮޓީންތަކަށް ގެއްލުން ލިބި، ސެލްތަކުގެ ފާރުތައް ހަލާކުވެގެންދާނެ ކަމަށާއި ކްލޮރިން ކަނޑުގެ ފެނާ އެކުވުމުން އިތުރު ނުރައްކާތެރި މާއްދާތަކެއް އުފެދިދާނެ ކަމަށްވެސް ފާހަގަކޮށްލެވެއެވެ.

މިކަން ވަނީ ކަމާގުޅުން ހުރި ފަރާތްތަކަށްވެސް އަންގާފައެވެ. މިކަމުގެ ތަހުގީގު ކުރިއަށް ދާކަމަށާއި އެ ސަރަހައްދަށް ނުދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. ރަނގަޅު ގޮތަކީ މަޖުބޫރު ހާލަތެއްގައި އެ ސަރަހައްދުން ދަތުރު ކުރާ ނަމަ މާސްކު އަޅައިގެންދިއުމެވެ. އަދި އެ ސަރަހައްދުން އެއްގަމަށް ލައްގާފައި ހުންނަ މަސްތައް ނެގުމާއި ކެއުމަކީ ކަނޑައެޅިގެން ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ.

މި ހާދިސާއަކީ ތިމާވެއްޓަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ މޫދުގައި ހުރި ހުރިހާ ކްލޮރިން ފާޓާތަކެއް އެއްގަމަށް ގެނެސް، އިތުރަށް ތަހުގީގު ކުރުމަށްޓަކައި ރައްކާކޮށްފައެވެ. އަދި މި މައްސަލަ ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އިތުރު އިންޒާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި:

1. މި ވަގުތު އެ ސަރަހައްދަށް ނުދިއުމަށް އެދިފައިވެއެވެ.
2. އެ ސަރަހައްދުން ކޮންމެހެން ދަތުރުކުރަން ޖެހޭނަމަ، ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށް އިރުޝާދު ދީފައިވެއެވެ.
3. އެ ސަރަހައްދުން އެއްގަމަށް ލައްގާފައި ހުންނަ މަސްތައް ނުނެގުމަށާއި ނުކެއުމަށް ޚާއްޞަ އިރުޝާދެއް ދީފައިވެއެވެ.

މި ހާދިސާއަކީ ތިމާވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ތިމާވެށީގެ މާހިރުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!