ޚަބަރު
ޓެރަރިޒަމަށް ހިތްވަރުދީ، ލޭއޮހޮރުވަން ފައްޔާޟް ގޮވައިލި މައްސަލަ ބެލުމަކީ ލާޒިމުކަމެއް: ސަޢީދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ޓެރަރިޒަމަށް ހިތްވަރުދީ، ލޭއޮހޮރުވަން ގޮވައިލި މައްސަލަ ބެލުމަކީ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ކުޅުދުށްފުށީގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ މެންބަރަކު ވަނީ ކުރީގެ ރައީސް މުޙައްމަދު އަމީން ”ކުޅުނީ ދުންފަތާ” ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ”ކުޅުނީ ގާނޫނުއަސާސީއާ” ކަމަށެވެ. އެހެންކަމުން އަމީންދީދީއަށް ހެދި ގޮތް ރައީސް ޑރ. މުޢިއްޒަށް ހަދަންޖެހޭ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަ ދެއްކިއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލުކުރުމުން ޗެއާޕާސަން ފައްޔާޟް ވިދާޅުވީ ކުޅުދުށްފުށީ ޕޯޑިއަމްގައި އެބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ. އަދި ޕޯޑިއަމެއްގައި ރާއްޖޭގެ ތާރީޚުގައި ހިނގާފައި ހުރި ކަންތައްތައް ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.

”ރައްޔިތުންނަށް ދެރަދިނީމަ ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ. އެހެން ކޮންގޮތެއްތޯ ހަދާނީ؟” ފައްޔާޟް ވިދާޅުވިއެވެ. ”ރައްޔިތުންނަށް އަނިޔާވެެރިވަންޏާމު ހަމަ ދިވެހި ތާރީޚުގެ ފޮތްތަކުން ދިވެހި ރައްޔިތުން ކުޅޭނީ.”

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ މިއީ ޓެރަރިޒަމަށް ހިތްވަރުދީ، ލޭއޮހޮރުވަން ގޮވާލުން ކަމަށެވެ. އަދި މި ފިނޑި އަމަލު މި ހިންގީ އެމްޑީޕީގެ ޗެއާޕާސަން ކަމަށެވެ.

މިވަރަށް އިންސާނަކު ރުންކުރުވެ ބުއްދި ފަސްވީމާ ޒިންމާދާރު މަސައްކަތެއް ކުރާނީ ކިހިނެއްތޯ ވެސް ސަޢީދު ސުވާލުކުރެއްވިއެވެ.

ސަޢީދު ވިދާޅުވި ގޮތުގައި މި މައްސަލަ ބެލުމަކީ މުއައްސަސާތަކަށް ލާޒިމުކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!