އައްޑޫ ސިޓީ މަރަދޫގައި ގާއިމުކުރި ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮފީސް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާއެވެ.
ކަސްޓަމްސް އޮފީސް ހުޅުވައިދެއްވުމަށްފަހު ވަޒީރު އިޙްސާނާއި، ދިޔާނާއާ ދެބޭފުޅުން ވަނީ އޮފީހުގެ ދިދަ ނަންގަވައިދެއްވާފައެވެ.
މި އޮފީހާއެކު އެ ސަރަހައްދުގެ ބަނދަރުތަކުން ދޭ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި ފުޅާވެގެންދާނެއެވެ.
މި އޮފީހުގައި ވަނީ މުވައްޒަފުންނަށް ތަމްރީނުތައް ކްލާސްރޫމުތަކެއް ގާއިމުކޮށްފައެވެ. އަދި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައާއި، ކޮންފަރެންސް ހޯލަކާއި، އެކޮމޮޑޭޝަން ބުލޮކެއް ވަނީ ގާއިމުކޮށްފައެވެ.