ޚަބަރު
ޒޯން3ގައި ‘ހަށިހެޔޮ ރާއްޖެ’ ލީޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

“ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމްގައި ހިމެނޭ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒޯން ތިނެއްގައި ފަށައިފި އެވެ.

ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ “ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމުގެ ދަށުން ޒޯން ތިނެއްގައި ފެށީ ނ. ރ. ބ. އަދި ޅ އަތޮޅުގެ ރަށްތަކުގެ ސްޕޯޓްސް ކައުންސިލަރުންނާއި، ޔޫތު އެސޯސިއޭޓުންނަށް އަމާޒުކޮށްގެންނެވެ.

ޅަ ހިންނަވަރުގައި ކުރިއަށްދާ ޕްރޮގްރާމްގެ ތެރެއިން ފިޒިކަލް އެކްޓިވިޓީސްތަކާއި، ތިޔަރީ ކްލާސްތައް ހިމެނޭގޮތަށް ލީޑަރޝިޕް ސްކިލްސް އާއި މެނޭޖްމަންޓް ސްކިލްސް އުގަންނައި ދެވޭނެ އެވެ.

ރާއްޖޭގައި ހަ ޒޯނެއްގައި ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިހާތަނަށް ޒޯން އެކެއް، ޒޯން ތިނެއް އަދި ޒޯން ހަތަރެއްގައި ވަނީ ހިންގާފަ އެވެ. ޒޯން ތިނެއްގެ ޕްރޮގްރާމް މިހާރު ކުރިއަށްދާއިރު، ޒޯން ފަހެއްގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 15 އިން 20އަަށެވެ. އަދި ފަހު ޒޯން ކަމަށްވާ ޒޯން ހަޔެއްގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 22 އިން 26 އަށެވެ.

ރަށް ރަށުގައި ތިއްބަވާ ސްޕޯޓްސް ކައުންސިލަރުންނާއި، ޔޫތު އެސޯސިއޭޓުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ރަށް ރަށުގައި ކުޅިވަރު ވުޒާރާގެ ހަރަކާތްތައް ހަލުވިކަމާއިއެކު ކުރިއަށްގެންދިޔުމުގައި ގިނަ ފަސޭހަތަކެއްވާނެ އެވެ. މިގޮތުން ރައްޔިތުންނާ ގާތުން ކުޅިވަރު ވުޒާރާގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ހަރަކަތްތެރިވާނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!