ޚަބަރު
ބެޑްމިންޓަންގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ރާފިޢު ދެއްވައިފި

ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގެ މައްސަލަތަކުގެ ސަބަބުން ގައުމީ ޓީމްތަކާއި، ކުލަބުތަކަށް އަންނަނީ އުނދަގޫތައް ކުރިމަތިވަމުންނެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ރާފިޢު ވާހަކަދައްކަވާފައި މިވަނީ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ އެ ކުލަބުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ ވީހާވެސް އަވަހަށް މި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވަނީ ދާދި ފަހުން ނިމުނު ޒެމްބިއާ އިންޓަނޭޝަނަލް ޗެލެންޖާއި، ބޮސްޓްވާނާ އިންޓަނޭޝަނަލް ޗެލެންޖުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް 8 މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!