ޚަބަރު
ބީސީސީގެ ހުރިހާ ހިދުމަތެއް ވެސް މިހާރު ކުމެވި ޕޯޓަލްގެ ތެރެއިން ލިބޭނެ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ “ކުމެވި ޕޯޓަލް” އިފްތިތާހު ކޮށްފިއެވެ.

ބީސީސީން ހާމަކޮށްފައިވާ ގޮތުގައި ކުމެވި ޕޯޓަލް މެދުވެރިކޮށް އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރަކަށް ވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ސީޑް ބައި ބީސީސީން ދެމުންގެންދާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ޖާގަތައް ހޯދުމަށްވެސް މި ޕޯޓަލް ތެރެއިން އެދެވޭނެ ކަމަށް ބީސީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

ކުމެވި ޕޯޓަލް މެދުވެރިކޮށް އަލަށް ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އެމަގުފަހި ވެގެންދާނެއެވެ. އަދި ވިޔަފާރިއާ ބެހޭ ކަންކަމުގެ ތަޖުރިބާކާރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ކޮންސަލްޓެންސީގެ ހިދުމަތްވެސް މި ޕޯޓަލްއިން ލިބޭނެއެވެ. މަސްވެރި އުފެއްދުންތައް ވިއްކުމަށް ހާއްސަ ހިދުމަތްތައް ހޯދުމަށްވެސް ކުމެވި ޕޯޓަލް މެދުވެރިކޮށް ހޯދޭނެއެވެ.

ކުމެވި ޕޯޓަލްގެ ތެރެއިން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމަށާއި، ކްރިއޭޓިވް އިކޮނަމީ ފަންޑުގެ ހިދުމަތްތައްވެސް ލިބޭނެކަމަށް ބީސީސީން ވަނީ ފާހަގަކޮށްފައެވެ.

ބީސީސީން ބުނި ގޮތުގައި މީގެކުރިން އެކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ދެމުންއައި ވަކިވަކި ހިދުމަތްތަކެއް ނަމަވެސް ކުމެވި ޕޯޓަލްއާއެކު އީފާސްމެދުވެރިކޮށް ލޮގްއިން ވުމަށްފަހު މިހިދުމަތްތައް އެއްޕްލެޓްފޯމަކުން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ޔޫއެންޑީޕީ އަދި ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ކުމެވި ޕޯޓަލް އިފްތިތާހުކޮށްފައިވުމާއެކު މިހާރު ބީސީސީގެ ވެބްސައިޓުންވެސް ޕޯޓަލް ފެންނަން ހުންނާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!