ޚަބަރު
ސަރުކާރުގެ ސިޔާސަތަކީ އޮންލައިން ޕްލެޓްފޯމްތަކުގައިވެސް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުން: ޣައްސާނު

ސަރުކާރުގެ ސިޔާސަތަކީ އޮންލައިން ޕްލެޓްފޯމްތަކުގައިވެސް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވުނު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “ސައިބަރ އެކްސްޕޯ 2024″ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ ރާއްޖެ ޓެކްނޮލަޖީގެ މަގުން ބާރު ދުވެލީގައި ކުރިއަރަމުން އަންނައިރު، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ޤާނޫނުތައް ނަގަހައްޓާ، އަމާން މާހައުލެއް ރައްޔިތުންނަށް ޤާއިމްކޮށްދީ، ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުއެކޭ އެއްފަދައިން ރާއްޖޭގައިވެސް ވިޔަފާރީގެ މުޢާމަލާތްތަކާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް، ޒާތީ ދިރިއުޅުމުގެ ކަންކަމަށް، ޓެކްނޮލޮޖީގެ އެކި ޕްލެޓްފޯމްތަކަށް ރައްޔިތުން ބަރޯސާވާ މިންވަރު އިތުރުވެފައިވެއެވެ. ނަމަވެސް، އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޯޖީތަކުގެ ސަބަބުން ސަލާމަތީ މަސްރަހަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ދިރިއުޅުމުގެ ކަންތައްތައް މި ޓެކްނޮލަޖީގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. ނަމަވެސް، އަލަށް ތަޢާރަފްވަމުންދާ ޓެކްނޮލަޖީގެ ސަބަބުން ސަލާމަތީ މަސްރަހަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވޭ. މުއައްސަސާތައް ހުއްޓާލުމަށް އެހެން ޤައުމުތަކުގައި ތިބެގެން ފުރުޞަތު ހުޅުވާލެވިގެންދޭ,” ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އާންމު މުޖުތަމަޢުގެ ތެރޭގައި ރައްޔިތުންނަށް ރައްކާތެރިކަން ޤާއިމްކޮށްދޭ ފަދައިން ސައިބަރ ޑޮމައިންގައިވެސް ދިވެހި ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުކަމަށެވެ. އަދި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒްކުރުމަށް މުހިއްމު ހަރަކާތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މިފަދަ މަސައްކަތްތަކުގެ ތެރެއިން އައިޓީޔޫ ގްލޯބަލް ސެކިއުރިޓީ އިންޑެކްސްގެ ތެރޭގައި ރާއްޖެ މިހާރު ގިންތި ކުރެވިފައި އޮތް ހަރުފަތުން މައްޗަށް ދިޔުމުގެ ފުރުޞަތު އިތުރުވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތުވެސް އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިފާޢީ ވަޒީރުގެ މި ބަސްފުޅުތަކުން ސާފުވާ ގޮތުގައި، ސަރުކާރުން ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުން ހޯދުމަށް މަސައްކަތްކުރާއިރު، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ސަލާމަތީ ނުރައްކާތަކަށްވެސް ސަމާލުކަން ދެއްވައެވެ. އަދި ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއްކަން އެނގެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!