ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީ އަށް މިހާރު ވަނީ ކަދުރު ލިބިފަ ކަމަށެވެ.
” ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ” މިނިސްޓްރީ
ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ދިވެހިރާއްޖެއަށް ކަދުރު ހަދިޔާކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މި ކަދުރު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

