ޚަބަރު
ދައުލަތުގެ މީޑިއާ އިން ލައިވްކުރި އިވެންޓެއްގައި ގުރުޢާނުގެ ބައެއް އުނި ވުމާއި ގުޅިގެން ޕީއެސްއެމްއިން މާފަށް އެދެފި

ޕީއެސްއެމް އިން ލައިވްކުރި ކޮންޓެންޓްގައި، ކީރތި ގުރުއާނުން އާޔަތެއްގެ ބައެއްއުނިވި މައްސަލާގައި ރައްޔިތުންގެ ކިބައިން ޕީއެސްއެމުން މާފަށް އެދިއްޖެއެވެ.

އަދި އެކަމުގައި އިހުމާލުވި މުވައްޒަފުންނަށް ވަނީ މިހާރު ފިޔަޅު އަޅާފައި ކަމަށްވެސް ޕީއެސްއެމުން ބުނެއެވެ.

“ހަބަރު ކޮންޓްރޯލް ރޫމާއި މައި ކޮންޓްރޯލް ރޫމުގައި އެ ވަގުތު ތިބި މުވައްޒަފުން މިހާރު ވަނީ އެ މީހުން ކުރަމުން އައި މަސައްކަތުން އެކަހެރި ކުރެވިފަ.” ޕީއެސްއެމް

މީގެ އިތުރުން ޕީއެސްއެމްއިން ބުނީ އެވަގުތު ލައިވްކުރ ކޮންޓެންޓް އެޑިޓްކޮށްފައި ނުވާ ކަމަށާއި، އެކަން ހިގިވަގުތު ކޮންޓެންޓް ލައިވް ކުރަން ފަށާފައިވަނީ ޕީއެސްއެމް ނިއުސް ގެ ހަބަރު ކޮންޓްރޯލް ރޫމުން ކަަމަށެވެ. އަދި އެއަށްފަހު ސިގްނަލް، މައިކޮންޓްރޯލް ރޫމަށް ބަދަލުކުރެވިފައިވާކަމަަށްވެސް ޕީއެސްއެމުން ބުނެއެވެ.

މިކަން ހިގާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ އަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާއަށްފަހުގައެވެ. އެގޮތުން އެ ޖަލްސާގައި ގުރުއާން ފެށުމަށް ކިޔެވިއިރު އާޔަތެއްގެ ބައެއް އުނިކޮށްފައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޖަލްސާގައި ކިޔާފައިވަނީ ހުޖުރާތް ސޫރަތެވެ. އުނިކޮށްފައިވާ ކަމަށް ބުނަނީ ސޫރަތުގެ 6 ވަަނަ އާތެވެ. އެ އާޔަތުގެ މާނައިގައިވަނީ “ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ހަބަރަކާގެން އަތުވެއްޖެނަމަ އޭގެ ދޮގު ތެދު ބަލާ ހަގީގަތް ހޯދާށެވެ”  އޭގެން “ފާސިގަކު” އެބަސް އުނިކޮށްފައިވާކަމަށް ބުނެ ސޯޝަލްމިޑިއާގައި ދަނީ ޕީއެސްއެމްއަށް ފާޑުކިޔަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!