މި މަހު 15 ގައި ބާއްވާ ރެހެންދި އެވޯޑު ފަސް ކޮށްފިއެވެ.
އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ބުނީ 10 ވަނަ ރެހެންދިއެވޯޑް ފަސް ކޮށްފައިވާ ކަމަށެވެ.
މި އެވޯޑަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުންދޭ އެވޯޑް އެކެވެ.
މި އެވޯޑް ދޭ ދުވަސް ފަސް ކޮށްފައިވަނީ މިއަދު ހިގާދިޔަ ހިތާމަވެރި އަލިފާނގެ ހާދިސާއާއި ގުޅިގެން ކަމަށްވެސް ބުނެފައެވެ.މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭ ރަންނަބެޑޭރި މާލަމުގައި ކަމަށާއި، ނަމަވެސް ފަސްކުރެވުމާއި ގުޅިގެން ދައުވަތު އެރުވުފައިވާ ފަރާތްތަކަށް ފަހުން ދައުވަތު ހިއްސާކުރެވޭނެ ކަމަށެވެ.
މިއަދުހިގި އަލިފާނުގެ ހާދިސާގައި ވަނީ ސަރުކާރުގެ ދެ މިނިސްޓްރީ އަކާއި މާލެ ސިޓީ ކައުންސިލްގެ މުހިންމު ލިޔެކިޔުންތައް ރައްކާކުރާ އޮފީހަކަށް ވަރަށް ބޮޑެތި ގެއްލުންވެފައެވެ. އެ ގެއްލުންތަކުގެ ސާފް މައުލޫމާތެއް އަދި ހާމައެެއްނުކުރެއެވެ.
މި ހާދިސާގައި ހައުސިންމިނިސްޓްރީ ހުންނަ އިމާރާތްވަނީ އެއްކޮށް ހަދާ ހުލިވެފައެވެ. މި ހާދިސާއާއި ގުޅިގެން ތަހުގީގް ކުރިއަށްވަނީ ރޭވިފައެވެ.

