ރާއްޖެއަށް މެޑިކަލް ޓޫރިޒަމްގެ ހިދުމަތް ތައާރަފްކުރަން ނިންމައިފިއެވެ.
މި ހިދުމަތް ތައާރަފް ކުރަންނިންމާފައިވަނީ އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެނެވެ.
މި ކަންރާއްޖެއަށް ތައާރަފްކުރުމަށްޓަކާ އެމްއެމްޕީއާރުސީ އާއި އޭޑީކޭއިން ވަނީ މެޑިކަލް ޓޫރިޒަމް ތައާރަފްކުރުމަށް އެއްބަސްވުމެއްގާ ސޮއި ކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ހަމައެކަނި މެޑިކަލް ޓުއަރިޒަމްގެ އިތުރުން މުޅި އިޤްތިޞާދީ ކުރިއެރުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އޭޑީކޭން ވަނީ ބުނެފައެވެ.
އޭޑީކޭން ބުނީ އެ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީ އާއި ގުޅިގެން ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ތައާރަފްކޮށް އެކަން ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ރާއްޖޭގެ ސިއްހީ ހިދުމަތް ހޯދަން ބޭރުގެ ފަރާތްތަކަށް ހިދުމަތް ހޯދޭނެ ގޮތް ތައާރަފްކޮށް ސިއްހީ އަދި ތައުލީމީ ކޮންފަރެންސްތައް ހިންގުމުގެ އިތުރުން ރާއްޖެއިން ބޭރުގެ މީހުން ރާއްޖެ ގެނައުމުގެ ފުރުސަތުތައް އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ބުނެއެވެ.
އެ އެއްބަސްވުމުގައި އޭޑީގެ ފަރާތުން އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު އައްފާލް ސޮއިކުރެއްވި އިރު އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. މެޑިކަލް ޓޫރިޒަމް ތައާރަފްކުރަން އެކުލަވާލެވުނު އެ އެއްބސްވުމުގެ ދަށުން މެޑިކަލް ޓޫރިޒަމްގެ ޒަރިއްޔާއިން ރާއްޖޭގެ ސިއްހީ ދާއިރާގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން މެޑިކަލް ޓޫރިޒަމް ކުރިއަށްގެންދިއުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.