ކުޅިވަރު
ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް 2024: ނަޑެއްލާ އަދި ފިޔޯރީގެ ފައިނަލް މެޗާއިއެކު ހައްވަ އަދި މާޖިދާގެ ވަރުގަދަ ކުރިމަތިލުމެއް!

ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ގެ ފޯރިގަދަ އަންހެން ޑިވިޝަންގެ ފައިނަލް މެޗު މިއަދު ކުޅޭނެއެވެ.

މިއަދުގެ މެޗުގައި ވާދަކުރަނީ މުބާރާތް ބާއްވާ ރަށް ގދ ފިޔޯރީ އަންހެން ވޮލީޓީމާއި ގދ ނަޑެއްލާ އަންހެން ވޮލީޓީމެވެ.

މި މެޗުގައި ރާއްޖޭގެ އަންހެން ގައުމީ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިން ކުޅޭނެއެވެ. ފިޔޯރީގައި މިވަގުތު ރާއްޖޭގެ އެންމެ ބާރު ޖެހުންތެރިޔާ ހައްވަ، އަދި މާޔާ ކުޅޭއިރު ނަޑެއްލާ ޓީމްގައި ގައުމީ ކެޕްޓަން މާޖިދާގެ އިތުރުން ސަމްހާ ވާދަކުރާނެއެވެ. މި 4 ކުޅުންތެރިންނަކީ ވެސް ރާއްޖޭގެ އަންހެން ގައުމީ ޓީމްގެ މުހިންމު ހަތަރު ކުޅުންތެރިންނެވެ. މީގެ އިތުރުން ގައުމީ ސެޓަރު ޖޫޒަން ވެސް ވަނީ މިމުބާރާތުގައި ގދ ހޯނޑެއްދޫ ޓީމަށް ކުޅެފައެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން މާ އެދެވޭ ކުޅުމެއް ޖޫޒަން އަށް މި މުބާރާތުގައި ދެއްކިފައިނުވެއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އިރު ފިރިހެން ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި މެޗުގައި ވާދަކުރާނީ ރަތަފަންދޫ އަދި ފިޔޯރީއެވެ.

މިއީ އަތޮޅު ކައުންސިލުން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލުމުން، ކާމިޔާބު ކުރެއްވީ ފިޔޯރީ ފޭސް ޖަމިއްޔާއިންނެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.

2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް ( ލޯންގޭ ) އަދި އަލީ ހުޒާމް ، ނިލާމް، ޝާޑް،  ރައްޒާން، އާދަމް ނަސީމް، އަބްލޯ، ފައިރޫޒް، ފަދަ މޮޅެތި ކުޅުންތެރިން އެކިއެކި ޓީމްތަކުން މި މުބާރާތުގައި ފެނިގެން ދާނެއެވެ.

މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ފައިނަލް މެޗް ކުޅޭ ގަޑި ނޭނގޭތަ؟ ހަބަރު ފުރިހަމަ އަށް ލިޔާކަށް ނޭގެދޯ؟

  2. ހަމްބެ

    ކޮމެންޓް ޕޯސްޓް ކުރާކަށް ނުކެރެދޯ. ކުރިން ކުރި ކޮމެންޓެއްވެސް ޕޯސްޓެ ކުރާކަށް ނުކެރުނު. އެކަމަކު ކިޔާނެ ނޫސް ވެރިކަމޭ. މިނިވަންކަމޭ. ނޫސްވެރިންގެ އެކަނިތަ މިނިވަންކަން އޮންނަނީ