ޚަބަރު
ހިންނަވަރުގައި “ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ ޕްރޮގްރާމް” ހިންގައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، ޅ. ހިންނަވަރު ކައުންސިލުން ގުޅިގެން އެ ރަށުގައި “ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ ޕްރޮގްރާމް” ހިންގައިފިއެވެ.

ޑިސެންބަރު 4 އިން 11 އަށް ހިންނަވަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް، އެ ރަށުގެ 24 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ޅ. ހިންނަވަރުގައި ޑިސެންބަރު 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ކޮމާންޑަރ، ކެޕްޓަން އަޙްމަދު އާސިފްއެވެ.

މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން މައުލޫމާތު ދީ އެ ތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ހިންނަވަރު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ ފަޔަރ އެންޑް ރެސްކިޔު ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓުގެ ފަޔަރފައިޓަރުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!