ޚަބަރު
މީހުން ބިނާކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް މިހާރު އެބަކުރެވޭ: ޝިޔާމް

މީހުން ބިނާކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް މިހާރު އެބަކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ ޝިޔާމް ވިދާޅުވީ މީހުން ބިނާކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ވުޒާރާއިން އެ މަސައްކަތް އެބަކުރެ ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި އެއްގޮތަސް ދޯނިތަކުން ފޭބި ދިވެހިންނާއި ޒުވާނުން އަނބުރާ ދޯނިތަކަށް އެރުވުމަށް ގިނަ މަސައްކަތްތަކެއް ކަމަށެވެ.

އަދި ޒުވާނުން ޝައުޤުވެރިކުރުމަށް ފިޝަރީޒް ކޮލެޖް ޤާއިމްކޮށް، ދަފްތަރެއް އެކުލަވާލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ބަދަލުތަކާއެކު މުސްތަޤުބަލުގައި މަސްވެރިކަމުގެ ސިނާޢަތްވެގެންދާނީ ގިނަ ދިވެހިން ޝައުޤުވެރިވާ ސިނާޢަތަކަށް ކަމަށެވެ.

ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްްތަކެއް ކުރަމުންދާ ކަމަށާއި، އެސިނާޢަތަށް މީހުން ބިނާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ގުޅިގެން މަސްވެރިކަމުގެ ކޮލެޖެއް ޤާއިމްކޮށް މަސްވެރިކަމުގެ ދައިރާގެ ގިނަ ކޯސްތަކެއް މިހާރުވެސް ދަނީ ހިންގަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!