ޚަބަރު
‘ލޭބަރ ފޯސް ސާރވޭ 2024’ ހުޅުމާލެ ވިލިމާލޭގެ ހޮވާލެވިފައިވާ ގޭބިސީތަކުގައި ކުރިއަށްދަނީ

ލޭބަރ ފޯސް ސާރވޭގެ 2024′ ހުޅުމާލެ އަދި ވިލިމާލޭގެ ހޮވާލެވިފައިވާ ގޭބިސީތަކުގައި ކުރިއަށްދާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ބުނީ ލޭބަރ ފޯސް ސާރވޭގެ ފީލްޑް ވާރކް މިމަހު 15 އިން 21 ޑިސެމްބަރ އަށް މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކުގައި ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

މިސާރވޭއަށް ގޭބިސީތަކުން އެއްބާރުލުން ދެއްވުމަކީ މިބިއުރޯގެ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ސާވޭގެ މަގުސަދުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ހަރަކާތްތެރިވާ އާބާދީތައް ދެނެގަތުމާއި ލޭބާރ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުން އަދި ވަޒީފާ އުފެދޭވަރު ދެނެގަތުމާއި، އެމްޕްލޯއީމެންޓް އަދި އަންއެންޕްލޯއިމެންޓް ރޭޓް ދެނެގަތުންވެސް ހިމެނެއެވެ. މީގެ ތެރޭގައި ހިޖުރަކުރާ ރޭޓް ދެނެގަތުމާއި އާބާދީ އަޕްޑޭޓް ބޭނުންވާ ޑޭޓާރ ހޯދުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން އަދި ޑިސެންޓް ޖޮބްސް އިންޑިކޭޓާރ އެކުލަވާލުމަށް ބޭނުންވާ ޑޭޑާރ ހޯދުމާއި، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ދެނެގަތުންވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!