ޚަބަރު
އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން އެމްޑީ ފާތިމަތު އާޝާން؛ އެފްއެސްއެމްގެ އެމްޑީއަކަށް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު އައްޔަން ކުރައްވައިފިއެވެ. މި އައްޔަންކުރެއްވުމާއެކު، ފާތިމަތު އާޝާން ވެވަޑައިގެންފައިވަނީ އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރަށެވެ.

ފާތިމަތު އާޝާނަކީ އެސްޓީއޯގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1994 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެސްޓީއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަޤާމު އަދާކުރައްވާފައެވެ. މީގެއިތުރުން، 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

އެފްއެސްއެމްގެ އެމްޑީގެ މަޤާމަށް ފާތިމަތު އާޝާން އައްޔަންކުރެއްވުމަށް ނިންމަވާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިސްމާއިލް ސުހައިލް މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!