ޚަބަރު
އެއިޑްސް، ވައިރަލް ހެޕަޓައިޓިސް، އެސްޓީއައި އަށް ފަރުވާދިނުމުގެ ގައިޑްލައިން މެޑަމް ސާޖިދާ އިފުތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އެއިޑްސް އާއި ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކަށް ފަރުވާދިނުމާގުޅޭ ގައިޑްލައިން އިފުތިތާހު ކޮށްދެއްވައިފިއެވެ.

މި ގައިޑްލައިން އިފުތިތާހު ކޮށްދެއްވީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ. ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަނީ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ.

މެޑަމް ސާޖިދާ، އެއިޑްސް އާއި ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކަށް ފަރުވާދިނުމާގުޅޭ ގައިޑްލައިން އިފުތިތާހު ކޮށްދެއްވުން / ފޮޓޯ:ރައީސްއޮފީސް

ރަސްމިއްޔާތުގައި އެއިޑްސް ބައްޔަށް ފަރުވާދިނުމާގުޅޭ ގައިޑްލައިންގެ އިތުރުން ވައިރަލް ހެޕަޓައިޓިސްއާއި އެސްޓީއައިސްގެ ގައިޑްލައިންތައްވެސް އިފުތިތާހު ކޮށްފައިވެއެވެ. އަދި މި ބަލިތަކަށް ފަރުވާކުރުމާއި މުޖުތަމައު ރައްކާތެރިކުރުމަށްކުރެވޭ ކަންތައްތަކާގުޅޭ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެޗްއައިވީއަށް ފަރުވާ ދިނުމާ ގުޅޭ ގައިޑްލައިން އަލުން އެކުލަވާލާފައި މިވަނީ 9 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. މި ގައިޑްލައިންތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ އިރުޝާދާއި ލަފާގެ މައްޗަށް އެކުލަވާލާފައިވާ ގައިޑްލައިންތަކެކެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ އެއިޑްސް ބައްޔާމެދު މުޖުތަމައު ހޭލުންތެރިކުރުމާއި މި ބަލިން މުޖުތަމަޢު ރައްކާތެރިކުރުމަށްކުރެވޭ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އިތުރަށް ކުރެވެންހުރި މަސައްކަތްތައްކުރުމަށް އަޒުމް ކަނޑައެޅުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!