ޚަބަރު
‘ގްރީނިންގ އެޑިޔުކޭޝަން’ އާ ގުޅޭ ޓީއޯޓީ ކާމިޔާބުކަމާއެކު ނިންމާލައިފި

އިސެސްކޯ-މޯލްޑިވްސް ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް” ގެ ނަމުގައި ކުރިއަށްދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

2 ދުވަހުގެ މުއްދަތަކަށް ސީ.އެޗް.އެސް.އީ-މާލޭގެ ހޯލުގައި ކުރިއަށްދިޔަ މި ޓީއޯޓީގައި ރާއްޖޭގެ އެކި ސްކޫލުތަކުން 70 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ މަގުސަދަކީ ސްކޫލު މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ތިމާވެއްޓަށް އަހުލުވެރިކުރުވާ، ތިމާވެއްޓާ ގުޅޭ ތައުލީމު ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމެވެ.

މި ވޯކްޝޮޕްގައި ފެހި މަދަރުސާ ފްރޭމްވޯކާއި އޭގެ ދަށުން ސްކޫލުތަކުގައި ކުރިއަށްގެންދެވޭ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ. އަދި އިސެސްކޯގެ ގްރީނިންގ އެޑިޔުކޭޝަން ފްރޭމްވޯކާ ގުޅޭގޮތުން އިސެސްކޯގެ އެޑިޔުކޭޝަން އެކްސްޕާޓެއް ކަމަށްވާ ވަގަސް ނާސިރު އަފްރިދީ ވަނީ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކޭމްބްރިޖްގެ ފަރާތުން “ޕިލަރސް އޮފް ގްރީނިންގ އެޑިޔުކޭޝަން” ސެޝަނެއްގެ އިތުރުން، ސޮނެވާ ނަމޫނާ އަދި މޯލްޑިވްސް ރެސިލިއެންޓް ރީފްސްއިން ވަނީ ތިމާވެއްޓަށް އަހުލުވެރިކުރުވުމަށް އެ އެންޖީއޯތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ.

މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދު ވަނީ އުނގެނުމާއި އުނގަންނައިދިނުމުގެ އިތުރުން ސްކޫލުގެ މާހައުލުގެ ތެރޭގައިވެސް ތިމާވެއްޓަށް އަހުލުވެރިކުރުވުމާއި ދެމެހެއްޓެނިވި އާދަތަކާ ގުޅޭ މަފްހޫމްތައް އިންޓަގްރޭޓްކޮށް، އެންމެން ގުޅިގެން މި މަސައްކަތްކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސެސްކޯގެ އެޑިޔުކޭޝަން ސެކްޓަރ ހެޑް ޑރ. ހަދީ ޖަތައު ސޭ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ ފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމެއްގައި، ގްރީނިންގ އެޑިޔުކޭޝަންއަށް މުދައްރިސުން ތަމްރީނުކުރުމަކީ ކްލާސްރޫމުގައި ދެވޭ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި ތިމާވެއްޓާގުޅޭ ވިލުންވެރިކަން އިތުރުކުރުމަށް މުހިންމު ކަމެއްކަމަށެވެ. އަދި މީގެ ސަބަބުން ތިމާވެއްޓަށް އަހުލުވެރި ޖީލެއް ބިނާކުރެވިގެންދާނެކަމަށް ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!