ޚަބަރު
ސީީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް 104 ނޯޓިކަލް މޭލު ސަރަހައްދު ބަލައިފި

އައްޑޫސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ “ސީމެކްސް” ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނިެފުން ބުނިގޮތުގައި، ގެއްލުނު މީހާ ހޯދުމަށް 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އޭނާގެ އެއްވެސް ހިލަމެއް ފެނިފައެއް ނުވެއެވެ. ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ކަނޑުމަގުންނެވެ.

ގެއްލިފައިވާ ފަޅުވެރިޔާއަކީ ނޭޕާލް ރައްޔިތެއް ކަމަށްވާ ރާޖް ކުމާރެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އޭނާ ގެއްލިފައިވާކަން އެނގުނީ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.

ފުލުހުން އިތުރަށް ހާމަކުރިގޮތުގައި، ރާޖް ކުމާރު އުޅަނދުގައި ނެތްކަން އެނގުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލައް ސިޓީއާ 8 މޭލަށް ކައިރިވެފައިވަނިކޮށެވެ.

“ބޯޓު އައްޑޫ ސިޓީން ފުރީ ރޭ 11:30 އެހައިކަށްހާއިރުއެވެ. އެވަގުތު ރާޖް ކުމާރު ބޯޓުގައި ހުއްޓެވެ. އަދި ރޭ 01:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގެއެވެ،” ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!