ޚަބަރު
ޕީސީބީން ސައީދުގެ އިސްތިއުފާ ގަބޫލުކޮށް، މަގާމުން ވަކިކޮށްފި

‏ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި ގ. ދިލްކަޝް އަލްފާޟިލް މުޙައްމަދު ސަޢީދު އެމަޤާމުން އިސްތިއުފާ ދެއްވުމަށް 17 ޑިސެމްބަރ 2024 ގައި ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް އެމަޤާމުން މިއަދު ވަނީ ވަކިކޮށްފައިއެވެ.

މިއަހަރުގެ އޮގަސްްޓް 25 ވަނަ ދުވަހު ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި ސައީދު ވިދާޅުވީ އޭނާގެ އިސްތިއުފާގެ ފަހަތުގައި އޮތީ ސިއްޙީ ސަަބަބުތަކެއް ކަމެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ދެމިހުންނެވުމުގައި މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށާއި އޭނާގެ އިސްތިއުފާ އާއި ސިޔާސީ ގޮތުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު އައްޔަން ކުރެއްވީ ކުރިން އެ މަގާމު ފުރުއްވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!