ސަރުކާރުން ދޫކުރާ ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ. މި ޔަގީންކަން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ހީނާ ވަލީދު ވިދާޅުވީ، “ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަށް އުނިކަމެއް ލިބިފައިނުވާކަމަށާއި އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވަން” ކަމަށެވެ. މި ޔަގީންކަން ދެއްވާފައި މިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަކާ ގުޅިގެން އަދި އެއާއެކު އާންމުންގެ ހުރި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.
ހީނާ އިތުރަށް ވިދާޅުވީ، “ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކުރައްވާފައިވާ” ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދު، ޕީސީބީން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނުކުންނަގޮތަށް ސަސްޕެންޑް ކޮށްފައެވެ.
ބިންވެރިޔާ ސްކީމަކީ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން 9،000 އަށްވުރެ ގިނަ ގޯތި މާލެ ސޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުުރެވޭ މައްސަލައެއް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

