ޚަބަރު
އެންމެ ހާލަތު ދަށްކޮށް ހުރި 55 ކައުންސިލު އިމާރާތް ކުރުން އޮތީ އެއްބަސްވުމުގެ މަރުހަލާގައި: އާދަމް ޝަރީފު

އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ފަށާ މަޝްރޫޢު މިހާރު އޮތީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން 55 ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ނިންމާފައެވެ.

އާދަމް ޝަރީފު ވިދާޅުވެފައިވާ ގޮތުގައި މީގެކުރިން ކައުންސިލްތަކުގެ ޢިމާރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް މާބޮޑަށް އަޅާލެވިފައިނުވެއެވެ. އަދި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ޢިމާރާތް ހުރީ ވަރަށް ދަށް ޙާލަތުގައިކަން ފާހަގަކުރައްވާ ވިދާޅުވީ، އެއްވެސް ވަރަކަށް އާބާތުރަ ފިލުވުމުގެ މަސައްކަތް ނުހިނގާ އެތައް އަހަރެއްވީ ޢިމާރާތްތައްވެސް އެބަހުރިކަމަށެވެ. އެގޮތުން 187 އައު ކައުންސިލް ޢިމާރާތް އަޅަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ވަޒީރު ހާމަކޮށްފައިވެއެވެ.

އެކަމަށް ޙައްލެއް ގެނައުމަށް ކުރައްވާ މަސައްކަތުގެ ދަށުން ޕީއެސްއައިޕީން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއްގެ އިމާރާތް އެޅުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަވާލުކުރުމަށް ނިންމާފައިވަނީ މެލޭޝިޔާގެ ކުންފުންޏަކަށްކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“މިހާރު 55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއު އިކޮނޮމިކް ކައުންސިލުންވެސް މިވަނީ އެއްކޮށް ފާސް ކޮށްދެއްވާފައި މީގެ ދެ ދުވަސް ކުރީން. މިހާރު މި އޮތީ އެޓާނީ ޖެނެރަލްގެ އޮފީހަށް އެގްރިމެންޓް ފޮނުވިފައި.” އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ފާހަނގަ ކުރައްވާފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތަކުގެ އުމްރާނީ ހާލަތު ހުރީ ވަރަށް ދައްކޮށްކަމަށާއި ބައެއް ކައުންސިލްތަކުގެ އިމާރާތްތައް ހުރީ ބޮލަށް ވެއްޓޭ ހާލުގައިކަމަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއް އިމާރާތް ކުރުމަށް ނިންމާފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްވެސް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. ވަޒީރު ވިދާޅުވީ މިއިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް މިދައުރުގެ ތެރޭގައި އިމާރާތްކޮށްދިނުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!