އައްޑޫ ސިޓީ އިން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ސީމެކްސް ބޯޓުން ގެއްލުނު ނޭޕާލް ފަޅުވެރިޔާ ރާޖް ކުމާރު ހޯދުމަށް 304 ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ފުރި ދޯނިން ގެއްލުނު މި ފަޅުވެރިޔާ ހޯދުމަށް އަންގާރަ ދުވަހު ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބަލާފައިވެ އެވެ.
ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މިހާރުވެސް އެމްއެންޑީއެފް އިން ކުރަމުންދާއިރު އެކަމާ ގުޅިގެން އެންމެ ފަހުން ދިން މައުލޫމާތުގައި އެމްއެންޑީއެފުން ބުނީ އިއްޔެ 200 ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަގުން ކަމަށެވެ.
ފުލުހުން ބުނީ އެރޭ 11:30 އެހައިކަންހައި އިރު ރާޖް ކުމާރު ބޯޓްގައި ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އަދި 01:15 ހައިރު ކެޕްޓަން އާ ވަހާކަ ވެސް ދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ރާޖް ކުމާރު ބޯޓް ގައި ނެތްކަން އެގިފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ކަނޑު މަތިން ފުވައްމުލަކު ސިޓީގެ 8 މޭލަށް ކައިރިވެފައިނިވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެެއެވެ.