ފުލުހުން ތަހުޤީޤު ކުރެމުން ގެންދާ ބިންވެރިޔާ ހައުސިންގ ސްކީމް އާ ގުޅީންހުރި މައްސަލާއާއި ގުޅިގެން ޖުމްލަ 20 މީހެއްގެ ފުރުން މަނާ ކުރުމުގެ އަމުރު ނެރެފިއެވެ.
އެ މީހުންގޭ ތެރޭގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުއާއި އޭނާ ގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ވެސް ހިމެނެއެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައިގައި، ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ތުހުމަތުވާނަަމަ ތަހުގީގު ދާވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތެއް ކުރެވޭކަމަށް ވަންޏާ އެފަރާތަކާ އެ ސުވާލުކޮށް ތުހުމަތު އިއްވާނެ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެކަމަށެވެ. އަދި ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.