ޚަބަރު
ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތަކަށް، ކައުންސިލުތަކުން ގެންނަ ސާމާނުން ޑިއުޓީ މައާފު ކޮށްދޭނަން: ވަޒީރު އާދަމް ޝަރީފް

ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ކައުންސިލްތަކުން ގެންނަ ސާމާނުން ޑިޔުޓީ މައާފު ކޮށްދެއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ކައުންސިލްތަކުން ގެންނަ އާލާތްތަކާއި މެޝިނަރީތަކުން ނަގާ ޑިއުޓީ މަޢާފުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިސާލަކަށް ގދ. ވާދޫން އެބަގެނޭ ހައިމާކެއް. އެ ގެނައިމަ ޑިއުޓީ މަޢާފުކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުން ގެންދާނެ. އެހެން ކައުންސިލްތަކުންވެސް އެދުނީމަ މިގޮތަށް މުނިސިޕަލް ޚިދުމަތްތަކަށް ގެންނަ ތަކެތިން މަޢާފުކޮށްދޭނަން.” އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދީ، ޚިދުމަތްތައް ރަނގަޅުވެއްޖެނަމަ އޭގެ ފައިދާ ރައްޔިތުންނަށްކުރާނެ ކަމަށެވެ. އަދި މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފައްކާވެ ހަރުދަނާވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޑިއުޓީ މަޢާފުކޮށްދިނުމުގެ އިތުރުން ރަށްރަށުގައި ހިންގާ ގެސްޓް ހައުސްފަދަ ތަންތަނުން ނަގާ ޓެކްސްއިން މިންވަރެއް ކައުންސިެއް ކައުންސިލްތަކަށް ދިނުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން ޙާސިލްކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހަށް ހުށައަޅައިގެން ކުރައްވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުގައިވާ ފަޅު ރަށްރަށް އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!