މާލޭ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ރޭ 01:27 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.
އެ މީހާ އައިޖީއެމްއެޗް އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދެއެވެ.
ނިޔާވެފައިވަނީ ގ. ބިއުޓީ ވިލާ، ދާވޫދު ޖިމްރީޒް (45 އަހަރު) އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިއްޔެ ހެނދުނު މާލޭގެ ގެއެއްގައި މަރުވެފައި އޮތް ފިރިހެނެއް ފެނިފައިވެއެވެ. ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

