ޚަބަރު
ޕީއެސްއެމް ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިބްރާހީމް ނަސްރީން

ދައުލަަތުގެ މައި މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިބްރާހީމް ނަސްރީން އައްޔަނު ކޮށްފިއެވެ. މި މަގާމަށް ނަސްރީން އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ހާލުކޮޅު ރަނގަޅުނޫންވެފައި ސިއްހީ މައްސަލަތަކަކާ ހެދި ކަަމަށްވެއެވެ.

އޭގެ ކުރިން ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވީ ޒީނާ ޒާހިރެވެ. ޒީނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ޕީއެސްއެމްގައި 9 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އައު އެމްޑީ އިބްރާހީމް ނަސްރީނު ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިވަރސިޓީން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވަރސިޓީން ސަރވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއްވެސް ހާސިލު ކުރައްވާފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!