ޚަބަރު
ތައުލީމީ ވުޒާރާއަށް 92 އަހަރު ފުރުމާ ގުޅިގެން ހާއްސަ ހަފުލާއެއް ބާއްވައިފި

ތައުލީމީ ވުޒާރާއަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއީލް ޝަފީއު ވަނީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

“އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ރަށެއްގެ ހުންނަ ސްކޫލެއްގެ ތެރެއިންނާ ކޮންމެ ގެއެއްގެ ތެރެއިން ފެންނާނެ. އަދި ކޮންމެ ދުވަހަކު ދަރިވަރުންގެ އުނގެނުމުގެ ޙަރަކާތްތަކުގައި ތިޔަ ބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް.” މިނިސްޓަރު ޑރ. ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގައި ދެމި ތިއްބެވުމަށް މުވައްޒަފުންނަށް އިލްތިމާސް ކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައުލީމީ ވުޒާރާއެއް އުފެދިފައިވަނީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.

މި ހަފުލާގައި ތައުލީމީ ދާއިރާގެ އިސް ބޭފުޅުންނާއި، މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަފުލާއަކީ ތައުލީމީ ވުޒާރާގެ ދިގު ތާރީހާއި، މި ދާއިރާއިން ޤައުމަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ވެސް މި ދާއިރާ އިތުރަށް ކުރިއެރުވުމަށް އަޒުމު ކަނޑައެޅުމުގެ ފުރުސާތެއް ކަމުގައި ބައިވެރިން ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!