ޚަބަރު
އުމުރުން ދޮޅު އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ދެމުންދިޔަ 5 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެ

ދޮޅު އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ފަސް އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ. ނިޔާވި ޔޫސުފް ރޫވިން ރައުޝަން އަކީ ލ. މޭމެންދޫއަށް އުފަން އެރަށު އާރާޝްކިޔާ ގެއެއްގެ ކުއްޖެކެވެ.

ކުޑަކުޑަ ރޫވިން ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ ކަން އާއިލާއަށް އެނގުނީ ރޫވީނަށް އެންމެ ދޮޅު އަހަރުގައެވެ.

ކެންސަރުގެ ތަކުލީފު އުފުލަމުންދާތާ ދެއަހަރާއި ހައެއްކަ ވަރަކަށް މަސް ވީތަނާ ރޫވީން ނިޔާވީ އެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށެވެ. އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ރޫވިންއަށް ޖެހިފައިވަނީ ކޮންކަހަލަ ކެންސަރެއް ކަމަށް އެނގިފައެއް ނުވެއެވެ.

ރޫވީންގެ މަންމައަކީ ގއ ވިލިނގިލީ މީހެއްކަން އެނގުނުނަމަވެސް އިތުރު މައުލޫމާތުތަކެއް ލިބިފައެއް ނުވެއެވެ. ކުޑަ ކުއްޖާފުޅުގެ ހަށިގަނޑު މިއަދު މާލެ ގެނެސް، އަސުރު ނަމާދަށްފަހު ވަޅުލާފައި ވަނީ ހުޅުމާލޭ ސަހަރާގައެވެ.

މި ހިތާމަވެރި ހަބަރު ސޯޝަލްމީޑިއާއާއި ކަށުނަމާދު ޕޭޖުން ފެނުނު އެތައް ބަޔަކު ވަނީ އެ ކުޑަކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ހުވަދޫމީޑިއާގެ ޓީމުގެ އެންމެންގެ ފަރާތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރޫވީންގެ އާއިލާއަށް ހިތްވަރާއި ސާބިތުކަން ދެއްވައި ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވަމެވެ.

(މީގައިވާ ފޮޓޯއަކީ ކަށުނަމާދު ޕޭޖުގައިވާ ފޮޓޯގެ ނަކަލެކެވެ.)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!