2023 ވަނަ އަހަރުގެ ޕާފޯމަންސް އެވޯޑުގައި ގދ. ތިނަދޫ ކައުންސިލަށް ‘ސުމެއް’ ލިބިފައިވަނީ ރަށު ކައުންސިލްގެ ގޮތުގައި އިން މުއްދަތުގެ ޕަރފޯމަންސްއަށް ބަލައިގެން ކަމަށް ކައުންސިލްތަކުގެ ބެލެނެވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭ އިން ހުވަދޫމީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ތިނަދޫ ކައުންސިލަށް މާކްސް ދިނުމުގައި ގުނާފައިވަނީ ސިޓީއެއްގެ ގޮތުގައި ނޫން ކަމަށާއި، ރަށު ކައުންސިލެއްގެ ގޮތުގައި ކަމަށެވެ. މިގޮތަށް މާކްސް ދިނުމަށް ނިންމާފައި ވަނީ ތިނަދޫ ސިޓީއަކަށް ބަދަލުވެފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ވުމުން، ސިޓީ ކެޓަގަރީގައި ބައިވެރި ނުވެވޭނެތީ ކަމަށް ވެސް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި، ތިނަދޫ ކައުންސިލަށް މިފަހަރުގެ ޕާފޯމަންސް އިންޑެކްސްގައި މާކްސް ދީފައިވަނީ 2023 ގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓު މަހާ ހަމައަށް، މާނައަކީ، ރަށު ކައުންސިލުން ސިޓީ ކައުންސިލަކަށް ބަދަލުކުރުމާ ހަމައަށް ހިންގާފައިވާ ހަރަކާތްތަކަށް ރިއާޔަތްކޮށް ކަމަށެވެ. މިއީ އެހެން ހުރިހާ ކައުންސިލުތަކަށްވެސް މާކްސް ދިނުމުގައި ބަލާފައިވާ މިންގަނޑު ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
ތިނަދޫ ކައުންސިލުން މި އެވޯޑާ ގުޅޭ އެއްވެސް ކަމެއް އެނގިފައި ނެތް ކަމަށް ބުނެފައިވީ ނަމަވެސް، ޖެމްސް ޕޯޓަލް މެދުވެރިކޮށް ކަންގަތި އެވޯޑާ ގުޅޭ ހުރިހާ ލިޔުންތައް ބަލާފައިވާ ކަމަށާއި އަދި ތިނަދޫ ސިޓީ މޭޔަރުވެސް މި ލިޔުންތައް ބައްލަވާފައިވާކަން ޕޯޓަލް އިން އެނގޭ ކަމަށްވެސް އެލްޖީއޭ އިން ވަނީ ހުވަދޫމީޑިއާއަށް ޔަގީންކޮށްދީފައެވެ.
ކަންގަތި އެވޯޑުން، ޕާފޯމަންސް އިންޑެކްސް ސުމެއް ލިބުމުން އެކަމާ ގުޅިގެން ތިނަދޫ ކައުންސިލުން ދައްކާފައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫންކަން އެލްޖީއޭ ގެ ވާހަކައިން ސާބިތުވެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިންގުމުގެ އަސާސްތައް ކުރިއަރުވައި ރަށްވެހި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަގުވަޒަންކުރުމުގެގޮތުން “ހިރިހަމާންތި އެވޯޑު” ވެސް ވަނީ ސިޓީ ކައުންސިލުތަކަށް ދީފައެވެ. މި އެވޯޑު ލިބިފައިވަނީ
- މާލެ ސިޓީ ކައުންސިލު
- އައްޑޫ ސިޓީ ކައުންސިލު
- ފުވައްމުލައް ސިޓީ ކައުންސިލު
- ކުޅުދުއްފުށި ސިޓީ ކައުންސިލު
ކަންގަތި އެވޯޑުފަދަ އެވޯޑުތަކުގައި ބައިވެރިވުމަކީ ކައުންސިލްތަކުގެ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވި، އިތުރު ވަސީލަތްތަކާއި އެހީތެރިކަން ހޯދުމަށް މަގުފަހި ވެދާނެ ކަމެކެވެ.

2015 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ 4 ވަނަ

2016 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ 85 ވަނަ

2017/2018 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ 88 ވަނަ

2019 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ 139 ވަނަ

2020 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ ” ސުމެއް”

2021 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ 157 ވަނަ

2022 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ ގައި ތިނަދޫ ކައުންސިލް އަށް ލިބިފައިވަނީ 127 ވަނަ

2023 ވަނަ އަހަރުގެ ޕާފޯމަންސްގެ ރޭންކިންގ – ސުމެއް
ލޯކަލް ކައުންސިލު ޕާފޯމަންސް އިންޑެކްސްގެ ނަތީޖާ / ގދ ތިނަދޫ ކައުންސިލު 2015 އިން 2023 އަށް
- 2015 ވަނަ އަހަރު – 4 ވަނަ
- 2016 ވަނަ އަހަރު – 85 ވަނަ
- 2017 ވަނަ އަހަރު – 88 ވަނަ
- 2018 ވަނަ އަހަރު – 88 ވަނަ
- 2019 ވަނަ އަހަރު – 139 ވަނަ
- 2020 ވަނަ އަހަރު – “ސުމެއް”
- 2021 ވަނަ އަހަރު – 157 ވަނަ
- 2022 ވަނަ އަހަރު – 127 ވަނަ
- 2023 ވަނަ އަހަރު – “ސުމެއް”
މި ތާވަލަށް ބަލައިލުމުން ކިތަންމެހާވެސް ސާފުކޮށް މިހާތަނަށްވެސް ތިނަދޫ ކައުންސިލު، ކައުންސިލެއްގެ ގޮތުގައި ޕާފޯމަންސް ކޮށްފައިވާ މިންވަރު ހާމަވެ އެނގެން އެބައޮތެވެ. އަދި މިއީ މި ކައުންސިލު ރޭންކިންގ ގައި ސުމެއްގައި ރޭންކު ކުރެވިފައިވާ ފުރަތަމަ ފަހަރު ނޫންކަންވެސް ހާމަވެ އެނގެން އެބައޮތެވެ.

ލޯކަލް ކައުންސިލު ޕާފޯމަންސް އިންޑެކްސްގެ ނަތީޖާ ގދ ތިނަދޫ ކައުންސިލު 2015 އިން 2023 އަށް / – ހުވަދޫމީޑިއާ
ކަން މިހެން އޮތުމާއެކުވެސް ތިނަދޫ ކައުންސިލުން މިއީ ކޮން ގޮތަކަށް ކިހިނެއްވާ ޕާފޮމަންސެއް ކަން ނޭނގުނު ކަމަށް ބުނެފައިވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަދި ހަމަމިއާއެކު 2015 އިން 2023 އާ ހަމައަށް ތިނަދޫ ކައުންސިލު، ޕާފޯމަންސް އިންޑެކްސްގައި ރޭންކު ކޮށްފައި އިންކަން އެލްޖީއޭ އިން ދީފައިވާ މައުލޫމާތުތައް ސާފުކޮށް ހާމަވާން އެބައޮތެވެ. އަދި 2023 ގައި، އެއަހަރުގެ ކަންގަތި އެވޯޑަށް ހުށަހަޅަން ޖެހޭ ކިތާބީހެކިތަކާއި ކަމާ ގުޅުން ހުރި މައުލޫމާތު ޕޯޓަލްއަށް ލުމަށްފަހު އެތަކެތި ޑިލީޓު ކޮށްފައިވާ ކަމާއި ސިޓީކައުންސިލު މޭޔަރު ޕޯޓަލް އަށް ވަންކަން ވެސް ސާފުވެ ހާމަވެއެވެ.
ކޮންމެގޮތެއްވީ ނަމަވެސް ތިނަދޫ އަކީ މިހާރު ސިޓީއަކަށް ވުމުން ސިޓީގެ ދަރަޖައިގައިވެސް ހިމެނިފައިނުވާތީ ހައިރާންވާނެކަން ގައިމެވެ. ނަމަވެސް އެކަން ހިނގާފައި އޮތް ގޮޮތަށް ބަލާއިރު މީގެ ގަވާއިދުގެ އިމުގެ ތެރެއިން ކަންތައް ކޮށްފައިވަނީ އެކަން އޮންނަން ޖެހޭ ގޮތަށްކަން ފާހަގަ ކޮށްލެވެއެވެ. އެހެނީ، (ތިނަދޫ ސިޓީކައުންސިލަށް ސިޓީއެއްގެ ދަރަޖާގައި ވެސް މާކުހެއް ލިބިފައި ނެތީ) ތިނަދޫ، ސިޓީއަކަށް ބަދަލުވީ 2023 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ވާތީއެވެ. އެހެންކަމުން ސިޓީތަކުގެ ކެޓެގަރީގައިވެސް ތިނަދޫސިޓީ ކައުންސިލު ދަރަޖަ ކޮށްފައި ނެތެވެ. ސަބަބަކީ ތިނަދޫ ކައުންސިލުން އެވޯޑުގައި ބައިވެރިވީ މިދިޔަ އަަހަރަށް ކަމަށް ވުމުން ސިޓީ ކެޓެގަރީގައި ބައިވެރި ނުވެވޭނެތީ، ބައިވެރިވެފައި އޮތީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަށް ވުމުންނެވެ.

