ޚަބަރު
ލެންޓަން އެރުވުމާއިއެކު “ހަށިހެޔޮ ރާއްޖެ ފަހި ހަވީރު” ގެ ނަމުގައި ތިނަދޫ ސިޓީގައި ފޯރިގަދަ ހަރަކާތްތަކެއް!

“ހަށިހެޔޮ ރާއްޖެ ފަހި ހަވީރު” ގެ ނަމުގައި ތިނަދޫ ސިޓީގައި ފޯރިގަދަ ހަވީރެއް ބާއްވަން ހަމަޖައްސައިފިއެވެ. މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ މި މަހު 26 ވަނަ ދުވަހު ހަވީރު 16:00 އިން 18:00 އަށެވެ.

ތިނަދޫ ސިޓީ ސްޓޭޑިއަމްގައި މި ހަވީރު ބާއްވަން ހަމަޖެހިފައިވާއިރު މި ހަވީރުގައި ތަފާތު އާ ހަރަކާތްތަކާއި މުނިފޫހި ފިލުވުމުގެ ކުޅިވަރުތައް ކުރިއަށް ދާނެއެވެ. އެގޮތުން ރާއްޖޭގައި މަޝްހޫރު ވެފައިވާ ލެންޓަން އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެކި ދާއިރާތަކާ ގުޅިގެން ސްޓޯލްތަކެއް ވެސް ބެހެއްޓިގެން ދާނެއެވެ. އެގޮތުން ފުލުހުންގެ ސްޓޯލަކާއި އެމްއެންޑީއެފްގެ ސްޓޯލަކާއި ހޮސްޕިޓަލްގެ ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މިއިން ކޮންމެ ސްޓޯލެއްގައި ކުދިވެރިންނަށް މަޖާ ވާނެ ކަހަަލަ ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.

ހަމަ އެއާއެކު، ރަށުގެ އިސް ރަށްވެހިންނާއެކު ތަފާތު ކުޅިވަރުތަކެއް ކުޅުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކުވެރި މަޖާ މާހައުލަކުން ތަފާތު ކުޅިވަރުތައް ކުޅެ ދޭދޭ ގުޅުން ބަދަހި ކުރުމެވެ.

މިއީ ޔުނިސެފާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިންނާއި، ހުވަދު އަތޮޅު ދެކުނުބުރިި އަތޮޅު ކައުންސިލް އިދާރާއިންނާއި، މޯލްޑިވްސް ނޭޝަނަަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ރާވައިގެން ކުރިއަށް ގެންދާ ހަރާކާތެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!